މޫސުން ގޯސްވެ މުޅި ރާއްޖެއަށް ހުދު ސަމާލް ނެރެފި

މެޓް އޮފީހުން މިއަދު ހުދު ސަމާލު ނެރެފައި ވަނީ ބޯކޮށް ވާރޭވެހި، ވައިގަދަވެ ގުގުރާނެ ކަމަށް ލަފާކޮށްފަ އެވެ.

މޫސުން ގޯސްވެފައި އޮތުމުން އެކަމަށް އެންމެން ސަމާލުވާން ވަނީ އެދިފައި

މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލް ނެރެފި އެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހުދު ސަމާލް ނެރެފައި ވަނީ މިއަދު މެންދުރު 12:00 އާ ހަމައަށެވެ. 

މެޓް އޮފީހުން ބުނީ އެވަގުތާ ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަވެ، ބޯކޮށް ވާރޭ ވެހުމާއި ގުގުރުން އަދި ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. 

މިދިޔަ ހަފްތާ ބަންދުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯހެވެ. އިއްޔެ ހަވީރުން ފެށިގެން މާލެއަށް ވެސް އަންނަނީ ވިއްސާރަވެ ވާރޭ ވެހެމުންނެވެ. 

އިއްޔެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، އެމްއެންޑީއެފް އިން ހަރަކާތްތެރިވި އެވެ. 

ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރެ އެވެ. މިހާރު ރާއްޖެއަށް މިކުރާ ވިއްސާރައަކީ ދެމޫސުން ބެދޭ ދުވައްވަރުގެ ވިއްސާރަ އެވެ.  

އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ރާއްޖެއަށް ލައިގަންނަނީ މޭ މަހުގެ މެދެއްހާ ހިސާބުގަ އެވެ. ޑިސެމްބަރު މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އޮންނަނީ ދެމޫސުން ބެދޭ ދުވަސްވަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.