ޗައިނާ ޓޫރިސްޓުންގެ އަދަދު 80،000 އަށްވުރެ މައްޗަށް

މިހާރު ޗައިނާއިން ރާއްޖޭގެ ޓޫރިޒަމްގައި 10 ޕަސެންޓް ހިއްސާ އަދާކުރެ އެވެ. މިވަގުތު ދެ ވަނާގައި އޮތީ ރަޝިއާ އެވެ.

ޗައިނާއިން ރޭ އައި ޓޫރިސްޓުން ބޯޓުން ފައިބައިގެން ދަނީ -- އެމްއޭސީއެލް

ރާއްޖެއަށް މި އަހަރު އައި ޗައިނާ ޓޫރިސްޓުންގެ އަދަދު 80،000 އަށްވުރެ އިތުރުވެ ޓޫރިޒަމަށް ކުރިއެރުން ލިބިއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޗައިނާއިން 81,914 ޓޫރިސްޓުން އައިސްފައިވެ އެވެ. މިހާރު ޗައިނާއަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ގައުމަށް ވަނީ ވެފަ އެވެ. މިހާރު އެ ގައުމުން ރާއްޖޭގެ ޓޫރިޒަމްގެ 10.7 ޕަސެންޓް ހިއްސާ ވަނީ ނަގާފަ އެވެ. 

ޗައިނާ ފިިޔަވައި އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެއްގެ ގޮތުގައި އޮތީ ރަޝިއާ އެވެ. އެ ގައުމުން ރާއްޖޭގެ ޓޫރިޒަމްގެ 10 ޕަސެންޓް ހިއްސާ ނަގާފައިވެ އެވެ. 

އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް

  •  ޗައިނާ - 81,914
  •  ރަޝިއާ - 76,138
  •  ޔޫކޭ - 74,626
  •  އިޓަލީ - 70,174
  •  ޖަރުމަނުވިލާތް - 59,093
  •  އިންޑިއާ - 42,167
  •  ފްރާންސް - 28,912
  •  ޔޫއެސްއޭ - 26,726
  •  ސުވިޒަލޭންޑް - 19,440
  •  ޕޮލެންޑް - 16,008

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓު އައި ގައުމުގެ ގޮތުގައި މިދިޔަ އަހަރު އޮތް އިންޑިއާ މިވަގުތު އޮތީ ހަ ވަނާގަ އެވެ. ނަމަވެސް އެ ގައުމުން އަންނަ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަކަން ފާހަގަވެ އެވެ. މިހާރު އިންޑިއާއިން ރާއްޖެއަށް 42,167 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. 

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް މިހާތަނަށް 762,125 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 676,975 މީހުންނާ އަޅާބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ. 

2024 ޓޫރިޒަމް - މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު 1.6 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.