މެޓުން މި ސަމާލު ނެރުނުއިރު ވެސް އުތުުރުގެ ގިނަ ރަށްތަކަށް މިއަދު ހެނދުނުން ފެށިގެން ދަނީ ވިއްސާރަ ކުރަމުންނެވެ.
މެޓުން ވަނީ ހއ އަތޮޅުން ވ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އެ އޮފީހުން ބުނީ އެ އަތޮޅުތަކަށް ބޯކޮށްވާރޭވެހޭނެ ކަމަށެވެ. އަދި ގުގުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 9:30 ގެ ނިޔަލަށެވެ.
މެޓުން މި ސަމާލު ނެރުނުއިރު ވެސް އުތުުރުގެ ގިނަ ރަށްތަކަށް މިއަދު ހެނދުނުން ފެށިގެން ދަނީ ވިއްސާރަ ކުރަމުންނެވެ.
މީގެ އިތުރުން ދެކުނުގެ ތިން އަތޮޅަށް ވެސް މެޓުން ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އެ ގޮތުން ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިރޭ 10:30 ގެ ނިޔަލަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މި ގަޑިތަކުގައި އެ އަތޮޅުތަކަށް ވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މާލެ ސަރަހައްދަށް ވެސް މިއަދު ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.