ދުނިޔޭގެ އެންމެ ބޮޑު ކޮންޓްރެކްޓަރުންގެ ޖަމިއްޔާގެ މެންބަރަކަށް ހަރިމް

ސީއައިއޭއަކީ 120 ގައުމުގައި މެންބަރުން ތިބި އެންމެ ބޮޑު އެއް ޖަމިއްޔާ އެކެވެ. މި ޖަމިއްޔާގެ މެންބަރުންގެ އަދަދު 120 މިލިއަނަކަށް އަރަ އެވެ. އަހަރީ ބަޖެޓު ހަތް ބިލިއަން ޑޮލަރަށްވުރެ އިތުރެވެ.

ހަރިމްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އަދި ސީއައިއޭގެ ރައީސް ފިލިޕް ޑެސޯއީ

ދުނިޔޭގެ ގިނަ އަދަދެއްގެ ކޮންޓްރެކްޓަރުން ހިމެނޭ، ކޮންޓްރެކްޓްތައް އަސާސެއްގެ މައްޗަށް ބިނާކުރާ ޖަމިއްޔާ ކޮންފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ކޮންޓްރެކްޓަރސް އެސޯސިއޭޝަންސް (ސީއައިސީއޭ) ގެ މެންބަރަކަށް ރާއްޖޭގެ ހޮޓެލް އެންޑް ރިސޯޓް އިންވެސްޓްމަންޓް (ހަރިމް) ހަމަޖައްސައިފި އެވެ. 

މީގެ 40 އަހަރު ކުރިން 1984 ގައި އުފެދިފައިވާ ސީއައިއޭއަށް ކޮންޓްރިބިއުޓް ކުރާ މެންބަރު ކުންފުންޏެއްގެ ގޮތުގައި ރާއްޖޭގެ ހަރިމް ހަމަޖެހިގެން ދިއުމާއެކު، މީގެ ސަބަބުން ރާއްޖެއަށް މި ދާއިރާއިން ގިނަ ފައިދާ ތަކެއް ލިބިގެންދާނެ އެވެ. 

މި ޖަމިއްޔާއަކީ އެކައުންޓިން ސްޓޭންޑަޑްތަކާއި ކޮންޓްރެކްޓަރުންނާ ގުޅުންހުރި ތައުލީމީ ޕްރޮގްރާމްތައް އެކުލަވާލައި ޕްރޮމޯޓްކޮށް، ޕްރޮފެޝަނަލް ފަރާތްތަކަށް ޗާޓަޑް އެކައުންޓެންޓިން ދާއިރާގެ ޕްރޮފެޝަނަލުން މެންބަރުންގެ ގޮތުގެ ގިނަ އަދަދެއްގެ ޕްރޮފެޝަނަލުން ތިބި އެއް ޖަމިއްޔާ އެވެ. މިއީ ރާއްޖޭގެ އަމިއްލަ ކުންފުންޏެއް މި ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަ ފުރަތަމަ ފަހަރެވެ. 

ސީއައިއޭގެ ސަޕޯޓިން މެންބަރުކަމުގެ ލިޔުން ހަރިމްގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އެވެ. އަދި ސީއައިއޭގެ ފަރާތުން ލިޔުމާ ހަވާލުވެވަޑައިގަތީ އެ ޖަމިއްޔާގެ ފިލިޕް ޑެސޯއީ އެވެ.

ޖަމިއްޔާގެ ބަޖެޓް ހަތް ބިލިއަން

ޕެރިހުގަ މައި މަރުކަޒު ހުންނަ ސީއައިއޭއަކީ 120 ގައުމުގައި މެންބަރުން ތިބި އެންމެ ބޮޑު ޖަމިއްޔާ އެކެވެ. މި ޖަމިއްޔާގެ މެންބަރުންގެ އަދަދު 120 މިލިއަނަކަށް އަރަ އެވެ. މި ޖަމިއްޔާއަކީ ދުނިޔޭގައި އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ އެވެ. މި ޖަމިއްޔާގެ އަހަރީ ބަޖެޓު ހަތް ބިލިއަން ރުފިޔާއަށް އަރަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.