ސުޕަ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުމެއް ނުކުރާނަން: ސަރުކާރު

މިއަދު ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވިދާޅުވީ، ޕީއެންސީއަށް ސުޕަ މެޖޯރިޓީ ލިބުމަކީ އޭގެ ބޭނުން ނަމަގޮތުގައި ހިފާނެ ސަބަބެއް ނޫން ކަމަށެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވާހަކަ ދައްކަވަނީ: ހީނާ ވިދާޅުވީ މި ސަރުކާރުން ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ކޮންގްރެސް ކޯލިޝަނަށް ލިބުނު ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމަށް ބުނެފި އެވެ. 

ދުވަސްތަކަކަށް ފަހު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސުޕަ މެޖޯރިޓީ ލިބިފައި އޮތް ނަމަވެސް އޭގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި އެބަވޭ، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނަސް އެމަނިކުފާނު އޭގެ ބޭނުންކުރައްވާނީ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރެއްވުމުގައޭ އެ އިންނަ ޕްރޮސެސްގެ ތެރެއިން" ހީނާ ވިދާޅުވި އެވެ. 

ހީނާ ވިދާޅުވީ މީގެ ކުރިން ސުޕަ މެޖޯރިޓީ ލިބުމުން ނަހަމަ ގޮތުގައި ބޭނުންކުރުމަކީ މި ސަރުކާރުން އެކަން ތަކުރާރު ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ރައްޔިތުން ސުޕަ މެޖޯރިޓީ ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތައް ފުއްދަން ބޭނުންވާތީ ކަމަށް ހީނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންނަށް އެބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަގޮތުގަ އެންމެ ރަނގަޅު ގޮތުގައި، އެންމެ އެކަށީގެންވާ ގޮތުގައި ދިނުން" ހީނާ ވިދާޅުވި އެވެ. 

މިފަހަރުގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު، ސުޕަ މެޖޯރިޓީއަކީ 70 އެވެ. 

އޭޕްރީލް 21،ގައި ބޭއްވި މަޖިލިސް އިންތިހާބުގެ ދާއިމީ ނަތީޖާއިން ދައްކާ ގޮތުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓުންނަށް 66 ގޮނޑި ކާމިޔާބުވި އެވެ. އަދި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު ޕީއެންސީއަށް ސޮއިކުރުމުން މިހާރު އެ އަދަދު 73 އަށް އަށް އިތުރުވި އެވެ. 

އޭގެ އިތުރުން ކޮންގްރެސް ކޯލިޝަނާ އެކު މަސައްކަތްކުރާ ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އަދި އެމްޑީއޭއަށް ކާމިޔާބުވި ގޮނޑިތަކާ އެކު ޖުމްލަ އަދަދު 77 އަށް އަރަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.