ޗީފް އިންސްޕެކްޓަރު ޒިޔާދު ނިޔާވީ ހާޓްއެޓޭކެއް ޖެހި، ގޭތެރެއަށް ވެއްޓިގެނެވެ. އެ ހާދިސާއަށް ފަހު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގައި ހުންނެވި ޗީފް އިންސްޕެކްޓަރަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.
މިއަދު ހެނދުނު ނިޔާވީ ފުލުސް އިދާރާގެ ޗީފް އިންސްޕެކްޓަރު ރޭންކްގައި ހުންނެވި މުހައްމަދު ޒިޔާދު 44، އެވެ.
ޒިޔާދު ނިޔާވުމާ ގުޅިގެން ފުލުހުންގެ ހިދުމަތުން މިއަދު ތައުޒިޔާގެ މެސެޖެއް ވެސް އާންމު ކޮށްފައި ވެއެވެ. އެ މެސެޖްގައި ފުލުހާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ ފަރާތުން ޗީފް އިންސްޕެކްޓަރު ޒިޔާދުގެ އާއިލާއަށް ތައުޒިޔާ ކިޔާފައި ވެއެވެ.
ޗީފް އިންސްޕެކްޓަރު ޒިޔާދު ނިޔާވީ ހާޓްއެޓޭކެއް ޖެހި، ގޭތެރެއަށް ވެއްޓިގެނެވެ. އެ ހާދިސާއަށް ފަހު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ވެއެވެ.
ނިޔާވިއިރު އޭނާ ހުންނެވީ ކޮމާންޑް ސެންޓަރުގައި ޑިއުޓީ އޮފިސަރަކަށެވެ. މެރިން ޕޮލިހާއި އެސްއޯ ޑިޕާޓްމަންޓުގައި ވެސް އޭނާ ކުރިން މަސައްކަތް ކުރެއްވި އެވެ.