ރިޔާސަތުގައި ޔާމީން އިންނަވައިގެން ޕީއެންއެފް ސެނެޓް ބާއްވައިފި

ޕީއެންއެފް އުފެއްދުމުގެޖަލްސާ ބޭއްވި އިރު ރައީސް ޔާމީން މިނިވަނެއް ނުވެއެވެ. އޭގެ ފަހުން ހައި ކޯޓުން ވަނީ ރައީސް ޔާމީން މިނިވަން ކޮށްފަ އެވެ

ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބައްދަލުވުމުގައި ރައީސް ޔާމީން ރިޔާސަތު ބަލަހައްޓަވަނީ

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އުފެއްދި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބާއްވައިފި އެވެ. 

މި ބައްދަލުވުން ބޭއްވި އިރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީއެންއެފް ހިމަނައި ދިނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ޕީއެންއެފުން ބުނީ ޕާޓީގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބައްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ރައީސް ޔާމީން ކަމަށާއި ސެނެޓް ފުރަތަމަ ބައްދަލަވުމުގައި ޕާޓީގެ ހަތަރު ކޮމެޓީއަކަށް މެމްބަރުން އައްޔަން ކޮށްފައިވާ ކަމަށެވެ.  

  •  ސުލޫކީ ކޮމެޓީ
  •  އިސްތިއުނާފު ކޮމެޓީ
  •  އީސީ ކޮމެޓީ
  •  މެމްބަރު އެފްއާޒް ކޮމިޓީ

ޕީއެންއެފް އުފެއްދަން މިދިއަ ރޯދަ މަސްތެރޭ މާލޭގެ ޣިޔާސުއްދީންގައި ބާއްވަން އޮތް ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން އެ ޖަލްސާ ބާއްވައި ގާނޫނީ ކަންކަން ފުރިހަމަ ކުރީ ރާޅުގަނޑު ސަރަހައްދުގަ އެވެ. އެ ޖަލްސާ ބޭއްވީ 329 މެމްބަރުންނާއެކު އެވެ. އެ ޖަލްސާ ބޭއްވި އިރު ރައީސް ޔާމީން މިނިވަނެއް ނުވެއެވެ. އޭގެ ފަހުން ހައި ކޯޓުން ވަނީ ރައީސް ޔާމީން މިނިވަން ކޮށްފަ އެވެ.

މި ވަގުތު ޕީއެންއެފްގެ ވަގުތީ ރައީސަކީ ރައީސް ޔާމީން ދަރިކަލުން ޒޭން އަބްދުﷲ ޔާމީންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.