ރާއްޖޭގައި ބައިނަލް އަގުވާމީ ކްރިއޭޓިވް އާޓްސް ސްކޫލެއް ހަދަން އިންޓަނޭޝަނަލް ބިޑަށް

މި ސްކޫލް އަޅަން ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ބަލާފައި އެސްއީޒެޑް ސްޓޭޓަސް ލިބޭނެ އެވެ. މި ސްޓޭޓަސް ލިބޭނީ 100 މިލިއަން ޑޮލަރުން މަތީގެ އިންވެސްޓްމަންޓް ތަކަށެވެ.

ސްކޫލެއްގައި ދަރިވަރުންތަކެއް: ރާއްޖޭގައި ބައިނަލްއަގުވާމީ ކްރިއޭޓިވް ސްކޫލެއް ހަދަން ވަނީ ބިޑަށް ލާފައި

ސަރުކާރުގެ ކްރިއޭޓިވް އިކޮނޮމީ އިނީޝިއޭޓްގެ ދަށުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ކްރިއޭޓިވް އާޓްސް ސްކޫލެއް ހަދަން އިންޓަނޭޝަނަލް ބިޑަކަށް ހުޅުވާލައިިފި އެވެ. 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުގައި އޮންނަ "އިންވެސްޓް މޯލްޑިވްސް" އިން ޝައުގުވެރިކަން ހުޅަހަޅަން ހުޅުވާލާފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ކްރިއޭޓިވް އާޓްސް ސްކޫލުގެ ހުށަހެޅުމުގައިވާ ގޮތުން މި ސްކޫލް ހަދަން ބޭރުގެ ފަރާތްތަކާއި ދިވެހިންނަށް ވެސް ކުރިމަތި ލެވޭނެ އެވެ. 

ބައިނަލްއަގުވާމީ ޓެންޑަރަކަށް ހުޅުވާލައިވާ މި މަޝްރޫއުގެ ދަށުން ސްކޫލް ހަދަން ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ވާން ޖެހޭނީ ސަރުކާރުގެ ކްރިއޭޓިވް އިކޮނޮމީ އިނީޝިއޭޓިވްގައި ހިމެނޭ ކަންކަން ހާސިލް ވާނެ ހުށަހެޅުހެޅުމަށެވެ. މި ސްކޫލް ހަދަން ޝައުގުވެރިވާ ފަރާތަކަށް ފޯރު ކޮށްދޭން ހުށަހަޅާ ކަންތައްތަކަށް ބަލާފައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން އިންވެސްޓަރުންނަށް ދޭ އިނާޔަތްތައް ލިބޭނެ އެވެ. 

އެސްއީޒެޑް ގާނޫނުން އިނާޔަތް ލިބޭނީ 100 މިލިއަން ޑޮލަރުން މަތީގެ އިންވެސްޓްމަންޓްތަކަށެވެ. 

ސްކޫލްގައި ތަރައްގީ ކުރާ ސްކޯޕާއި ވަސީލަތް

ދުނިޔޭގެ އެކި ގައުމުތަކުން ދަރިވަރުން ރާއްޖެ އައިސް ރާއްޖޭގެ ސަގާފަތް އުނގެނޭނެ ވަސީލަތްތަކާއި ބޭރުން އަންނަ ކުދިންނަށް ތިބެވޭނެ އެކޮނޮޑޭޝަން ހުންނަން ޖެހެ އެވެ. އަދި  ތަމްރީނާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން މިހާރު ތިބި ޕްރޮފެޝަނަލް ފަރާތްތަކުގެ ކެޕޭސިޓީ ބިލްޑިން ވަސީލަތް ހުންނާނެ އެވެ. މީގެ އިތުރުން ވިޝުއަލް އާޓްސް އެންޑް ކްރާފްޓްސް، އޯޑިއޯ-ވިޝުއަލް އަދި އިންޓަރެކްޓިވް މީޑިއާ، ޓެކްނޮލޮޖީ، ޑިޒައިން އަދި ކްރިއޭޓިވް ސާވިސަސް، އަދި އާޓިސްޓިކް ޓެލެންޓް އާލާ ކުރުމަށާއި ޢިލްމު ފެތުރުމާއި ކްރިއޭޓިވް އެކްސްޕްރެޝަން ކުރިއެރުވުމަށް ޕަބްލިކޭޝަން އެންޑް ޕްރެސް ހިމެނޭ ގޮތަށް އެކި ޑިސިޕްލިންތައް ހިމެނޭ ފުރިހަމަ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހުންނާނެ އެވެ. 

މި ސްކޫލުގައި އިންޓަނޭޝަނަލް ސްކޫލް އޮފް ކްރިއޭޓިވް އާޓްސް އިން ކްރިއޭޓިވް ޕްރޮފެޝަނަލުން ޝައުގުވެރި ކުރުވުމަށްޓަކައި ފަންނުވެރި އުފެއްދުންތައް ދައްކާލުމަށް ގެލެރީތަކާއި މިއުޒިއަމްތައް އިންޓަގްރޭޓްކޮށްގެން ފައިދާހުރި ވިޒިޓާ މާކެޓަށް ހޯދޭނެ ގޮތް ހުންނާނެ އެވެ. 

މީގެ އިތުރުން ރާއްޖޭގައި އުފެދެމުން އަންނަ ކްރިއޭޓިވް އިންޑަސްޓްރީއަށް އިންވެސްޓް ކުރަން ބޭނުންވާ، ޝައުގުވެރިވާ ބައިނަލްއަގްވާމީ އިންވެސްޓަރުންނާއެކު ކުރެވިދާނެ ޕާޓްނަޝިޕްތައް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މަގުފަހިވާނެ ތަނަކަށް މިތަން ވާން ޖެހެ އެވެ.

ކްރިއޭޓިވް އިކޮނޮމީ - ރާއްޖޭގައި ނޭޝަނަލް ކްރިއޭޓިވް އިކޮނޮމިކް ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އުފައްދައި ކްރިއޭޓިވް އިކޮނޮމީ ގާއިމް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިއަހަރު ޖެނުއަރީ މަހު އެވެ.

ކްރިއޭޓިވް އިކޮނޮމީ މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ދަށުން ސިޓީތަކާއި ރަށްތަކުގައި އިނޮވޭޝަން ހަބުތަކެއް އަދި ޓެކްނޮލޮޖީ ޕާކްތަކެއް ހެދުމަށް ގައުމީ ޕްލޭނެއް ހަދާނެ އެވެ. ކްރިއޭޓިވް އިކޮނޮމީއަކަށް ދަރިވަރުން ބައްޓަންކުރުމަށް ތައުލީމީ މަންހަޖުގައި ހުރިކަންކަން ދެނެގަތުމާއި ބައިނަލްއަޤްވާމީ އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ގާއިމުކުރުމާއި ސަރަހައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރުން ހިމެނެ އެވެ. އުފައްދާ ކްރިއޭޓިވް އިކޮނޮމީގެ ދަށުން ފަންނީ އަދި އިޖުތިމާއީ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް ފަންޑެއް އުފެއްދުންވެސް ހިމެނެ އެވެ. މި ފަންޑުގައި މި ފަންޑުގެ ކަންކަން ބަލަހައްޓާނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.