ފޮރިން މިނިސްޓަރު ސައުދީއަށް ވަޑައިގެންފި

މިނިސްޓަރު ޒަމީރު ބައިވެރިވެ ވަޑައިގަންނަވާ މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 700 އަށް ވުރެ ގިނަ ލީޑަރުންނާއި މަތީފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މުސާ ޒަމީރު

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ. 

ވޯލްޑް އިކޮނޮމިކް ފޯރަމްގެ މި ކޮންފަރެންސްކީ ހާއްސަ ބައްދަލުވުމެކެވެ. 

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޒަމީރު، ގައުމުތަކުގެ އެކި ފަންތީގެ ވެރިންނާ ބައްދަލު ކުރައްވާ ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކުރައްވާނެ އެވެ. އަދި ހަވާސާގެ ތެރެއިން ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްވެރިންނާއި ވިޔަފާރިވެރިންނާ ވެސް ބައްދަލު ކުރައްވާނެ އެވެ. 

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓަކީ ސައުދީ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ. 

މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 700 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.