އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗުގެ އެއްވަނަ ހަމްނާ އަށް

އަސާސީ ތަމްރީން ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލު ކޮށްފައި ވަނީ، ޕްރައިވެޓް ހަމްނާ ރަޝީދު އެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެއްވަނަ ހޯދި ދަރިވަރަށް އިނާމު ހަވާލު ކޮށް ދެއްވަނީ

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ އަލަށް ގުޅޭ މީހުން ތަމްރީނު ކުރުމަށް ހިންގި އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗު އެއްވަނަ ޕްރައިވެޓް ހަމްނާ ރަޝީދު ހޯދައިފި އެވެ.

މިއަދު ހަވީރު ގިރިފުށި ޓްރެއިނިން ސެންޓަރު ގައި ބޭއްވި 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އެވެ. ރަސްމިއްޔާތު ގައި މިނިސްޓަރު ވަނީ ލަޝްކަރު ބަލާފާސް ކޮށްދެއްވުމަށް ފަހު ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމް ހަވާލު ކޮށްދެއްވާފަ އެވެ.

އަސާސީ ތަމްރީން ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލު ކޮށްފައި ވަނީ، ޕްރައިވެޓް ހަމްނާ ރަޝީދު އެވެ.

ހެވި ކަމަށް އެންމެ މޮޅު ދަރިވަރުގެ އެވޯޑް، ޕްރައިވެޓް އިޝްހާގް ޝަރީފް ވަނީ ހޯދާފައެވެ. ހަށިހެޔޮ ކަމުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް އައިހަމް އަލީ އެވެ.

ހެވި ކަމަށް އެންމެ މޮޅު ދަރިވަރު ޕްރައިވެޓް އިޝްހާގް ޝަރީފް

އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހޯދީ ޕްރައިވެޓް މުހައްމަދު ރިޝްފާން އެވެ. އަދި މަޒުމޫން ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް އިލްވިއްޔާ އަހްމަދެވެ.

އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރު ޕްރައިވެޓް މުހައްމަދު ރިޝްފާން

މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ ފޯތު ޕްލެޓޫނެވެ. ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ ފަސްޓް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އަބްދުﷲ ހާޝިމް އަހްމަދު ހޮވިފައިވާއިރު ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ ސެކަންޑް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ހުސައިން އައިހަމް މޫސާ އެވެ.

އަދި، ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ ތާޑު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އިޝްހުޤު މުހައްމަދު ހޮވިފައިވާއިރު، ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ، ފޯތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަހްމަދު ރިމާހު އެވެ. ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ، ފިފްތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އުލްވިއްޔާ އަހްމަދެވެ. އެވެ.

މި ކޯހުން 98 ދަރިވަރުން ވަނީ ދަސްވެނިވިފައެވެ. އެއީ 89 ފިރިހެން ދަރިވަރުންނާއި 9 އަންހެން ދަރިވަރުންނެވެ.

މަޒުމޫން ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް އިލްވިއްޔާ އަހްމަދު

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން އޮކްޓޫބަރު 28 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ ޅ.މާފިލާފުށީ ގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ. 

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރެވޭ ފެންވަރަށް އިލްމު އުނގަންނައިދީ ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ގައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަހްލާގު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެން ޖެހޭ އަސާސީ އިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.