އެންމެ ދެކުނުގެ ދެ ސިޓީއަށް މޫސުން ގޯސް، އެލާޓް ނެރެފި

މެޓުން ބުނީ އެ އެލާޓް ނެރެފައިވަނީ މިރޭ 11:30 އާ ހަމައަށް ކަމަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ގުގުރާނެ ކަމަށް ވެސް ލަފާ ކޮށްފައިވެ އެވެ.

މޫސުން ގޯސްވާނެތީ އައްޑޫ ސިޓީއާ ފުވައްމުލަކަށް ވަނީ ވައިޓް އެލާޓް ނެރެފައި

އެންމެ ދެކުނުގެ ދެ ސިޓީ -- އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީ އަށް މޫސުން ގޯސްވާނެތީ އެލާޓް ނެރެފި އެވެ.

އެ ދެ ސިޓީގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. މެޓުން ބުނީ އެ އެލާޓް ނެރެފައިވަނީ މިރޭ 11:30 އާ ހަމައަށް ކަމަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ގުގުރާނެ ކަމަށް ވެސް ލަފާ ކޮށްފައިވެ އެވެ.

އައްޑޫއާ ފުވައްމުލަކަށް ވައިޓް އެލާޓް ނެރެފައިވާއިރު އައްޑޫ ސިޓީގެ ގަމަށް 24 ގަޑިއިރުގެ ތެރޭގައި 167.7 މިލިލީޓަރުގެ ވާރޭ އިއްޔެ ވަނީ ވެހިފައެވެ. މެޓުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑޫ އަށެވެ. ރާއްޖޭގެ އެހެން އެއްވެސް ހިސާބަކަށް 30 މިލިލީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައެއް ނުވެ އެވެ.

އެމްއެންޑީއެފުން ރޭ ވަނީ އައްޑޫގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައި ވާތީ ފެން ހިންދުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ.

އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުން ދާއިރު އަދި ރާއްޖެއަށް ހުޅަނގު މޫސުން ނުފެށެ އެވެ. ހުޅަނގު މޫސުން ފެށޭނީ އަންނަ މަހުގެ ކުރީކޮޅު އެވެ. ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި ފެންނަން ފަށާނީ މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާ އެވެ. އެންމެ ފުރަތަމަ ހުޅަނގު މޫސުމުގެ އަސަރު ކުރަން ފަށާނީ ދެކުނުގެ އަތޮޅުތަކަށެވެ. އޭގެ ފަހުން މެދުރާއްޖެތެއަށް ފޯރައި، މޭ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.