އިންޑިއާގެ ހަވާދުތަކެއް ރާއްޖޭގައި މަނާކޮށްފި

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.

އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި މަނާކޮށްފި އެވެ.

ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އިންޑިއާގެ އުފެއްދުމެއް ކަމުގައިވާ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި "އެތިލިން އޮކްސައިޑް" ހުރި ކަމަށް ބުނެ ސިންގަޕޯ ފުޑް އެޖެންސީ އަދި ހޮންކޮންގެ ސެންޓާ ފޯ ފުޑް ސޭފްޓީން ވަނީ އެ އުފެއްދުންތައް ބޭނުން ނުުކުރަން އިލްތިމާސްކޮށް އަސަރުކޮށްފައިވާ އެ ބްރޭންޑްގެ ހުރިހާ ބާވަތެއް ބާޒާރުން ނެގުމަށް އަންގާފައި ކަމަށެވެ.

"އެތިލިން އޮކްސައިޑް" އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުން ކުރާ ކެމިކަލެކެވެ. ނަމަވެސް ސިއްހަތަށް ކޮށްފާނެ އަސަރަކަށްޓަކައި މި ކެމިކަލް ކާބޯތަކެތި އުފެއްދުމަށް ބޭނުން ކުރުމަކީ އެދެވޭ ކަމެއް ނޫނެވެ.

ފުޑް އޮތޯރިޓީން ބުނީ މި ބްރޭންޑްގެ ހަވާދަކީ ރާއްޖެއަށް ވެސް ވަރަށް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުން ކުރަމުންދާ ހަވާދުގެ ބާވަތްތަކެއް ކަމުން މި ބްރޭންޑްގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.