ހަނދު އަރާ މަންޒަރުވެސް ބެއްލެވި އެވެ. އެ މަންޒަރު ބައްލަވަން މައުމޫންގެ ދެކަނބަލުން ތިއްބަވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް އެކްސް ގައި ހިއްސާ ކުރެއްވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ރެއަކީ ވަރަށް އުފާވެރި ހާއްސަ ރެ އެކެވެ. ރޭގެ އުފާވެރިކަން އިތުރުވެ ހާއްސަވީ ސަބަބު ބަޔާންކޮށް ރައީސް މައުމޫން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
މައުމޫން ވިދާޅުވި ގޮތުގައި ރޭ އެމަނިކުފާނު މަސްދަތުރަކު ވަޑައިގެންނެވި އެވެ. އަނބިކަނބަލުންނާއި އާއިލާ ބައެއް ބޭފުޅުން އެ ދަތުރުގައި ބައިވެރިވެވަޑއިގެންނެވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މަސް ދަތުރުގައި ހައެއްކަ ގަޑިއިރު ހޭދަ ކުރެެއްވި އެވެ.
އަދި ހަނދު އަރާ މަންޒަރުވެސް ބެއްލެވި އެވެ. އެ މަންޒަރު ބައްލަވަން މައުމޫންގެ ދެކަނބަލުން ތިއްބަވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް އެކްސް ގައި ހިއްސާ ކުރެއްވި އެވެ.
މީގެ ކުރީން ވެސް އެކި ފަހަރު މަތީން މަސް ދަތުރުތަކުގައި ވަޑައިގެންނެވި ރައީސް މައުމޫން ވިދާޅުވި ގޮތުގައި މިހާ ރީތި އުޑުމަތި ސާފު އަދި ކަނޑުމަޑު ރެއެއް މީގެ ކުރީން އެމަނިކުފާނު ދުށް ހަނދާނެއް އެމަނިކުފާނުގެ ނެތެވެ.
"ކުޅަދުންވަންތަކަމެވެ. سبحان الله،" އެކްސްގައި މައުމޫން ކުރެއްވި ޕޯސްޓް ގައި ލިޔުއްވާފައިވެ އެވެ.
ރެ އަކީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރެ އެވެ. ތާރީހަށް ވަރަށް ބޮޑަށް ލޯބި ކުރައްވަވާ ރައީސް މައުމޫން ވަނީ މީގެ 50 އަހަރު ކުރީން އެ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ މޫސުން އޮތްގޮތް ވެސް ހިއްސާ ކުރައްވާފައެވެ. މައުމޫން ވިދާޅުވި ގޮތުގައި އެ ރޭ ވީ ވަރަށް ވިއްސާރަ ރެއަކަށެވެ.
"ހަވީރު ފަހެއް ޖެހިއިރު އުޑުމައްޗަށް ރީނދޫކުލަ އަރައި ވި ދާ ގުގުރަން ފަށައިފި އެވެ. އެރޭ މެންދަން ވަންދެން ގަދަ ގުގުރީގެ އަޑު ކަނޑައިގެން ނުދެއެވެ،" މީގެ 50 އަހަރު ކުރީގެ ހަނދާން އައު ކުރައްވާ މައުމޫން ވިދާޅުވި އެވެ.
މަސްދަތުރެއްގައި ހައެއްކަ ގަޑިއިރު ހޭދަކުރެެއްވި ނަމަވެސް ރައީސް މައުމޫނަކީ މަސްދަތުރު ވަޑައިގަތުމަށް މާބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ނަމަވެސް މެޑަމް ނަސްރީނާ، މަސްދަތުރުތަކުގައި ވަޑައިގަތުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވަ އެވެ. ދޭތެރެ ދޭތެރެއިން މަސްދަތުރުތަކުގައި ވަޑައިގަންނަވަ އެވެ.
މައުމޫނު ބޭނުންވިނަމަ ރާއްޖޭގައި އިސްލާމީ ވަންތަކަން ވަރަށް ފުރިހަމައަށް ގާއިމު ކުރެވުނީސް . އޭނާގެ ވެރިކަމުގަ ފުރަތަމަ 15 ވަރަކަށް އަހަރަކީ އޭނާ ބުނިހާ އެއްޗެއް ރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލުކޮށްގެން ތިބިދުވަސްވަރު. އެކަމަކުވެސް އޭނާ އެކަމެއް ނުކުރި. އިސްލާމްދީނަށް ވަރަށް ބޮޑަށް ހިޔާނާތްތެރިވެފަ ހުރި މީހެއް މީ