ގައުމީ ބޭންކުގެ އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް ޝާއިގުއަށް

ބޭންކުގެ 99 މުވައްޒަފުންނަކީ ދިވެހިންނެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުން ބޭންކުގައި ވަޒީފާ އަދާކުރެ އެވެ.

އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު ލިބުނީ ކަސްޓަމާ ސަރވިސް މެނޭޖަރު މުޙައްމަދު ޝާއިޤް އަޙްމަދު

ދިވެހި ޒުވާނުންގެ ގިނަ ބަޔަކު ވަޒީފާގައި ތިބި ގައުމީ ބޭންކް، ބީއެމްއެލުން އެ ކުންފުނީގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.

މި އަހަރުގެ އެވޯޑު ދިނުމުގެ ހަފުލާގައި މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފު ނުވަތަ އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު ލިބުނީ ކަސްޓަމާ ސަވިސް މެނޭޖަރު މުހައްމަދު ޝާއިގު އަހްމަދު އަށެވެ. 

ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބީއެމްއެލްއިން ބޭއްވި ސްޓާފް އެވޯޑްސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ހަވާލު ކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.

ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ލިބުނު ނައިފަރު ބްރާންޗް

ވަނަތައް ހޯދި މުވައްޒަފުން

  • 1.އެމްޕްލޯއީ އޮފް ދަ އިޔާ - މުޙައްމަދު ޝާއިޤް އަޙްމަދު ( ކަސްޓަމަރ ސަރވިސް މެނޭޖަރު)
  • 2.ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް - ނައިފަރު ބްރާންޗް
  • 3.ބެސްޓް ލީޑާ އެވޯޑް - ޢަލީ ފާރިޝް ޚަލީލް (ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން)
  • 4.ބެސްޓް މެނޭޖަރު އެވޯޑް - އަޒާން ރަޝީދު (ޓާމިނަލް މެނޭޖްމަންޓް ޔުނިޓް)
ބެސްޓް މެނޭޖަރު އެވޯޑް ލިބުނު އަޒާން ރަޝީދު (ޓާމިނަލް މެނޭޖްމަންޓް ޔުނިޓް)

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ކެޓަގަރީތަކުން ވަނީ އެވޯޑް ދީފައެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ޓީމް، ކަސްޓަމަރ ސަވިސް ސްޓަރު އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެ އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ޓީމާ ދޭތެރޭ އަޅުގަނޑު ފަހުރުވެރިވާ ކަމަށާ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްދޭ އަހައްމިއްޔަތުކަން އަހަރުން އަހަރަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތުން ދައްކުވައިދޭ ކަމަށެވެ.

ބެސްޓް މެނޭޖަރު އެވޯޑް - އަޒާން ރަޝީދު (ޓާމިނަލް މެނޭޖްމަންޓް ޔުނިޓް)


"އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަން. ބޭންކު ކާމިޔާބީއާ ދިމާއަށް ދަތުރުކުރަނީ ތިޔަ މުވައްޒަފުންގެ ނަމޫނާ މަސައްކަތުގެ ސަބަބުން،" ސީއީއޯ ވިދާޅުވި އެވެ.

ސީއީއޯ އިތުރަށް ވިދާޅުވީ ފާއިތުވި އަހަރު ބޭންކުން ވަނީ ރިކޯޑް ނަތީޖާއެއް ހޯދާފައިވާ ކަމަށާ މިއީ ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ބޭންކަށް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާލް ސްޓުމްކަ ވާހަކަ ދައްކަވަނީ

"މި ނަތީޖާ ހޯދުނީ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ސަބަބުން. އެހެންކަމުން މި ފުރުސަތުގައި ކޮންމެ މުވައްޒަފަކަށްވެސް ވަކިވަކިން އަޅުގަނޑު ޝުކުރު އަދާކުރަން." ސީއީއޯ ކާލް އިތުރަށް ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ފަހުރުވެރި ދިވެހިންނެވެ. އަދި މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.