ޗިކުންގުންޔާ ހަލުއިކޮށް ފެތުރެނީ؛ މި މަހު މިހާތަނަށް 59 ކޭސް

ޗިކުންގުންޔާ އާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން. މިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް އިލްތިމާސްކުރަން،" މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

އައިޖީއެމްޗް: ޗިކުންގުންޔާ ފެތުރޭ މިންވަރު ވަނީ އިތުރުވެފައި

ރާއްޖޭގައި މިދުވަސްކޮޅު ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެ، މިމަހުގެ މިހާތަނަށް މާލޭ ސަރަހައްދުން 59 ކޭސް ފެނިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާއިން ފަތުރާ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސުމާއި އަދި ބައެއް ފަހަރު ހުޅު ދުޅަވެ އެވެ. އަދި އެކަމުގެ އުނދަގޫތައް ގިނަ ދުވަސް ވާންދެން ކުރިމަތިވެ އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުން ދާތީ، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްކޮޅަކަށްވުން ހާއްސަ ފިޔަވަޅުތައް ނާޅާއިފިނަމަ ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވެގެން ދާނެ ކަމަށެވެ.

"ޗިކުންގުންޔާ އާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން. މިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް އިލްތިމާސްކުރަން،" މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

ބަލި ފެތުރެނީ - މި ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ މަދިރިއެއް، މި ބަލި ނުޖެހޭ މީހެއްގެ ގައިގައި ހެފުމަށްފަހު ބަލީގެ ވައިރަސް ވާސިލްވުމުންނެވެ. ބަލީގެ އަލާމާތްތައް ފެންނަން ފަށާނީ މަދިރި ހަފާތާ ތިން ދުވަހާއި ހަތް ދުވަހުގެ ތެރޭގަ އެވެ.

މަދިރި ހެފުމުން ރައްކާތެރިވާން ކުރާ އިލްތިމާސް

  •  މަދިރި އާލާވާފަދަ ތަންތަނާއި ތަކެތި ނައްތާލުން
  •  ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން
  •  މަދިރިގެ ބޭނުން ކުރުން
  •  ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން
  •  މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
  •  މަދިރި ހެފުލުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުން ކުރުން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.