އެސްއޯއީ ރިފޯމްގެ ދިރާސާ ނިމި، ފިޔަވަޅު އަޅަން ފަށަނީ

އެސްއޯއީތަކަށް 2022 ވަނަ އަހަރު ދޭން ބަޖެޓު ކުރީ 2.5 ބިލިއަން ރުފިޔާ އެވެ. އެކަމަކު 5.2 ބިލިއަން ރުފިޔާ ވަނީ ދީފަ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. ޝަފީގް

ސަރުކާރު ހިއްސާވާ ކުންފުނިތައް ގެއްލުމުގައި ތާއަބަދު ހިންގަމުންދާ ދިއުން ނިމުމަކަށް ގެންނަން ފަށާ "އެސްއޯއީ ރިފޯމް" ޕްރޮގްރާމުގެ ދިރާސާތައް ނިންމާލައި ފިޔަވަޅުތައް ތަންފީޒު ކުރަން ފަށަން ތައްޔާރު ވެއްޖެ އެވެ. 

ފިނޭންސް މިނިސްޓަރު ޑރ. ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ "އެސްއޯއީ ރިފޯމް" ޕްރޮގްރާމް ފެށުމުގެ ގޮތުން ބަޖެޓަށް ކަރުދާހެއް ހުށަހަޅައި އެ ކަރުދާސް ފާސް ކޮށްފައިވާ ކަމަށެވެ. އަދި މި ކަރުދާހުގެ މައްޗަށް ހެދި ދިރާސާ ވެސް ނިމިފައވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ މިހާރު ތައްޔާރުވަމުން ގެންދަނީ އެސްއޯއީތައް އިސްލާހު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ތަންފީޒު ކުރުމުގެ މަރުހަލާގެ މަސައްކަތްތަކަށް ކަމަށެވެ. 

މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް އެސްއީއޯތައް އިސްލާހު ކުރަން އަޅާނެ ފިޔަވަޅުތަކެއް ފިނޭންސް މިނިސްޓްރީން މިހާތަނަށް ހާމަ ކޮށްފައެއް ނެތެވެ. 

މި މަސައްކަތަކީ މިދިޔަ ސަރުކާރުގެ ފަސް އަހަރު ތެރޭގައި ވެސް ކުރި ކަމެކެވެ. އެކަމަކު އެ މަސައްކަތުގެ ވެސް ހަގީގީ ނަތީޖާ ނުކުމެފައެއް ނެތެވެ. އެސްއޯއީތަކުގެ އިސްރާފު މަތިވުމުގެ ސަަބަބުން ބަޖެޓުން ކުރާ ހޭދަ އިންތިހާއަށް މަތިވެފައިވާއިރު، މިކަމަށް ފިޔަވަޅު އަޅަން ފިނޭންސުން ކުރިން ވެސް ވިސްނުންތަކެއް ގެންގުޅުނެވެ. 

އެސްއޯއީ ރީފޯމް ކުރަން ތިން ގޮތް

  • ބައެއް ކުންފުނިތައް އުވާލުން
  • ބައެއް ކުންފުނި ރީސްޓްރަކްޗާ ކުރުން
  • ބައެއް ކުންފުނި ޕްރައިވެޓައިޒް ކުރުން

31 ކުންފުނި، ބޮޑު ގެއްލުމެއް

ސަރުކާރު ހިއްސާވާ 31 ކުންފުންޏެއް އޮވެ އެވެ. މީގެ ތެރެއިން 13 ކުންފުނި ހިންގަނީ ކެޕިޓަލް ކޮންޓްރިބިއުޝަން ދީގެންނެވެ. ފަސް ކުންފުންޏަކަށް ސަބްސިޑީގެ އެހީގައި ހިންގާއިރު ދެ ކުންފުންޏަށް ހިލޭ އެހީ ދޭން ޖެހެ އެވެ. ސަރުކާރަށް ގަވައިދުން ޑިވިޑެންޓް ދައްކަނީ 10 ކުންފުނިންނެވެ. 

އެސްއީއޯގެ މާލީ އިތުރު ވާހަކަތައް

  •  ޖުމުލަ - 31 ކުންފުނި
  •  ޖުމްލަ އެސްޓް - 62.9 ބިލިއަން ރުފިޔާ
  •  ޖުމުލަ އާމްދަނީ 45 ބިލިއަން ރުފިޔާ
  •  ދޭ ކެޕިޓަލް ކޮންޓްރިބިއުޝަން 868 މިލިއަން
  •  ދޭ އިލެކްޓްރިކް ސަބްސިޑީ 539 މިލިއަން
  •  ފުޑް ސަބްސިޑީ 283 މިލިއަން
  •  ފިއުލް ސަބްސިޑީ341 މިލިއަން
  •  ވޭސްޓް މެނޭޖުމަންޓް ސަބްސިޑީ 15 މިލިއަން
  •  ޓްރާންސްޕޯޓް ސަބްސިޑީ 204 މިލިއަން

ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މަޖިލީހުގައި ބުނި ގޮތުގައި ސަރުކާރު ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ބަޖެޓުން 2022 އަހަރު 2.4 ބިލިއަން ރުފިޔާ ދޭން އޮތް ނަމަވެސް 5.2 ބިލިއަން ރުފިޔާ ދޭން ޖެހުނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.