މުދަލު ޒަކާތް ދައުލަތަަށް ދެއްކުމަށް ހުތުބާގައި ގޮވާލައިފި

އިލްމުވެރިން ވިދާޅުވާ ގޮތުގައި ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިއްމާއިން ބަރީއަވާނެ

އިސްލާމީ މަރުކަޒު: ހުކުރު ހުތުބާ ހާއްސަ ކުރީ ޒަކާތުގެ މައުލޫއަށް

މުދަލު ޒަކާތް ދައުލަތަަށް ދެއްކުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

"ފަރުލު ޒަކާތާއި އިގްތިސާދާހުރި ގުޅުން" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުތުބާގައި ބުނެފައި ވަނީ ޒަކާތްނެގުމާއި ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވާފައިވާ ކަމަށާ އެހެން ކަމުން ޒަކާތް ދެއްކުމުގެ ޝަރުތުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކަށް ޒަކާތް ދެއްކުމަށް ގޮވާލާ ކަމަށެވެ.

"އަދި ހަމައެހެންމެ ޒަކާތާބެހޭ ޝަރުއީ އަދި އިދާރީކަންކަން އޮޅުން ފިލުވައި ނަފުސު ހޭލުންތެރިކުރުވުމަށް އެންމެތަކުންނަށް ގޮވާލަމެވެ،"

މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށާ ބައެއް މީހުން ހީކުރާ ގޮތުގައި ރޯދަ މަހު ފިތުރު ޒަކާތް ދެއްކުމުން ފުދުނީ ކަމުގައި ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ ތިމާ ޒަކާތް ދައްކަން ނުޖެހޭ ކަމާއި މުދަލުޒަކާތް ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅޭ ކަމަށެވެ.

މިފަދަ މީހުން ޒަކާތުގެ ފައިސާ ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި ނިކަމެއްޗަކަށް ނުވަތަ ފަގީރަކަށް ދިނުމުން ފުދޭނެ ކަމަށް ދެކޭ ކަމަށް ބުނެ އެކަމާމެދު އިލްމުވެރީންގެ ބަސްފުޅު ހުތުބާގައި ވަނީ ގެންނަވާފައެވެ.

"އިލްމުވެރިން ވިދާޅުވާ ގޮތުގައި ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިއްމާއިން ބަރީއަވާނެ އެވެ. ތާބިއީ ބޭކަލެއް ކަމުގައިވާ އިބްރާހީމުއްނަޚަޢީ ވިދާޅުވެފައިވެއެވެ. 'ވެރިމީހާ ޒަކާތް ނަގައިފިނަމަ، ފަހެ، ތިބާގެ ކިބައިން އެކަމުގެ ޒިއްމާ ކެނޑިގެން ހިނގައްޖެއެވެ."

ހުތުބާގައި ބުނެފައި ވަނީ ފިގުހުވެރިން ވިދާޅުވާ ގޮތުގައި އޭގެ ސަބަބަކީ ޒަކާތުގެ ހައްގުވެރިން ކަނޑައެޅުމުގެ ޝަރުއީ އުސޫލުތަކާއި އެއުރެންގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ދައުލަތަށް ނުވަތަ ދައުލަތުން ކަނޑައަޅާފައިވާ އިދާރާއަށް ކަމުގައިވާތީ ކަމަށް ވެެސް ހުތުބާގައި ވަނީ ބުނެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.