ތުރުކީ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގާތައް، ރާއްޖޭގެ މަހުގެ ޑިއުޓީ އެއްކޮށް ނެތިގެންދާނެ

ރާއްޖޭން ވަނީ ތުރުކީއަށް އެތެރެކުރާ 200 އަށްވުރެ ގިނަ ބާވަތުން ޑިއުޓީ ސުން ރޭޓަށް ގެންނަން ހުށަހަޅާފަ އެވެ.

މިނިސްޓަރު މުހައްމަދު ސައީދު

ރާއްޖެއާއި ތުރުކީއާދެމެދު އެއްބަސްވުމަކަށް އަންނަން މަސައްކަތް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދިވެހި މަހުގެ ޑިއުޓީއެއްކޮށް ކެނޑިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ އެވެ، 

ތުރުކީއާއި ރާއްޖެއާ ދެމެދު އެއްބަސްވުމަކަށް އަންނަން މަޝްވަރާ ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ސައީދު "މިރާ" އަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މި އެއްބަސްވުމަކަށް އައުމާއެކު ރާއްޖޭން އެކްސްޕޯޓް ކުރާ ސީފުޑާއި މަހުގެ ޑިއުޓީ ގާތްގަނޑަކަށް އެއްކޮށް ނެތިގެންދާނެ ކަމަށެވެ. 

ރާއްޖޭން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަންނަން ތައްޔާރުވާ ތުރުކީއަކީ ރާއްޖޭން މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ގައުމެކެވެ.

ސަރުކާރުގެ އިސް ވުޒާރާތަކާއެކު ތުރުކީ ސަރުކާރުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުން

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ މި މަޝްވަރާތަކުގައި ރާއްޖޭން އެކްސްޕޯޓް ކުރާ 214 ބާވަތެއްގެ ޑިއުޓީ ކަނޑާލަން ހުށަހަޅާފައިވާނެ ކަމަށެވެ. 

ރާއްޖެއާއި ތުރުކީއާދެމެދު ގުޅުން ރަނގަޅު ވެގެންގޮސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެވެ. މި ދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކެއްގައި ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.