ޑީއެންއާރާ ދިރާގުގެ އެއްބަސްވުމެއް، ސްކޭމް ކޯލުތައް ހުއްޓުވަން އެހީއަކަށް ވާނެ

މި އެއްބަސްވުމުގެ ސަބަބުން މިހާރު އާންމު ވަމުންދާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށް ވަނީ ބުނެފައެވެ.

ޑީއެންއާރާ ދިރާގުން ވީ އެއްބަސްުވުން ދައްކާލީ

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑާއެކު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން އެއްބަސްވުމެއް ގާއިމު ކޮށްފި އެވެ.

ހޯމް ލޭންޑް މިނިސްޓްރީން ބުނީ ދިރާގާ އެކު މިއަދު ވެވުނު އެއްބަސްވުމަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ބަލަހައްޓަމުންގެންދާ ދިވެހިރައްޔިތުންގެ މައުލޫމާތު، ދިރާގާ ހިއްސާ ކުރުމަށް ދެ ފަރާތުން ގެންގުޅެން ޖެހޭނެ އުސޫލުތައް ބަޔާންކޮށް ވެވިފައިވާ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު ޑީއެންއާރުގެ އޭޕީއައި އޮތެންޓިކޭޝަން ކްރިޑެންޝަލްސް މެދުވެރިކޮށް ޑީއެންއާރުން ބަލަހައްޓަމުން އަންނަ ދިވެހި ރައްޔިތުންގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވެސް ބުންޏެވެ. މި އެއްބަސްވުމުގެ ދަށުން ދިރާގުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ސައްހަކަށް ޑީއެންއާރުގެ ޑޭޓާ މެދުވެރިކޮށް ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން މިހާރު އާންމު ވަމުންދާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށް ހޯމް ލޭންޑް މިނިސްޓްރީން ވަނީ ބުނެފައެވެ.

"އެއީ ކޮންމެ މީހަކުވެސް ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ހިދުމަތެއް ނަގާނަމަ އެ ފަރާތެއްގެ މައުލޫމާތު ޑީއެންއާރު ގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެތީ. އަދި އޮޅުވާލައިގެން ސިމްކާޑު ނެގުން ވެސް މީގެން ހުއްޓުވިގެން ދާނެތީ،" ހޯމް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.