މަޖިލީސް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކޮށްފި

މި އިންތިހާބު ގައި އަމިއްލަ ގޮތުން ވާދަކުރި 11 މެންބަރަކަށް ވެސް ގޮނޑި ކާމިޔާބުވި އެވެ. އޭގެ ތެރެއިން ހަތް މެންބަރަކު މިހާރު ވަނީ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން ފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ވަނީ ލިބިފައި -- ދަ މިރާ

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކޮށްފި އެވެ. 

އީސީ އިން އާންމުކުރި ނަތީޖާއިން ދައްކާ ގޮތުން މެޖޯރިޓީ ގޮނޑި ކާމިޔާބުކުރި ސަރުކާރު ކޯލިޝަނުގެ އިސް ޕާޓީ ޕީއެންސީއަށް 66 ގޮނޑިއެއް ކާމިޔާބު ކުރި އެވެ. އަދި އިދިކޮޅު އެމްޑީޕީއަށް 12 ގޮނޑިއެއް ކާމިޔާބުކުރެވުނެވެ. އޭގެ އިތުރުން އެމްއެންޕީ އަށް ގޮނޑިއެއް، ޖުމްހޫރީ ޕާޓީއަށް ގޮނޑިއެއް އަދި އެމްޑީއޭއަށް ދެ ގޮނޑި ކާމިޔާބު ކުރެވުނެވެ.

މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި 11 މެންބަރަކަށް ވެސް ގޮނޑި ކާމިޔާބުވި އެވެ. އޭގެ ތެރެއިން ހަތް މެންބަރަކު މިހާރު ވަނީ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން ފައެވެ. އެއީ އިންތިހާބު ގައި ރައީސް މުއިއްޒު ތާއީދު ކުރެއްވި ކެންޑިޑޭޓުންނެވެ.

މާލެ ހިމެނޭހެން ބޮޑެތި ގިނަ ދާއިރާތަކެއްގެ ގޮނޑި ކާމިޔާބުކުރީ ކޮންގްރެސް ޕާޓީއިން ނެވެ. އިދިކޮޅު އެމްޑީޕީއިން މާލޭގެ ތިން ދާއިރާއެއް، އައްޑޫއިން ދެ ދާއިރާއެއް ކާމިޔާބުކުރި އެވެ. ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއްް ކާމިޔާބުކުރީ ޕީއެންސީއިންނެވެ.

މި އިންތިހާބުގައި ޕީއެންސީ އިން ހޯދި ކާމިޔާބީއަކީ މިހާތަނަށް މަޖިލިސް އިންތިހާބެއް ގައި ޕާޓީ އަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.