ޔާމީންގެ ނެޝަނަލް ފްރަންޓް ރަޖިސްޓްރީކޮށްދީ ދަފްތަރުގައި ޖައްސައިފި

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ޕީއެންއެސް ރަޖިސްޓްރީކޮށްދީ އެކަމުގެ ލިޔުން ޕާޓީ އޮފީހަށް ފޮނުވާފަ އެވެ.

ޕީއެންއެފްގެ އިފްތިތާހީ ޖަލްސާ ނިމުނު ވަގުތު ރައީސް ޔާމިން ވަނީ އެސްރަހައްދަށް ވަޑައިން ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަނީ ފޮޓޯ: ޔާމިން މުޙައްމަދު \ މިރާ

ޕީޕަލްސް ނޭޝަނަލް ޕްރޮންޓް (ޕީއެންއެފް) އުފައްދަން ބޭއްވި ޖަލްސާ ބަލައިގަނެ އެ ޕާޓީ ރަޖިސްޓްރީކޮށްދީ ޕާޓީތަކުގެ ދަފްތަރު ގައި މިއަދު ހިމަނައިފި އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެ ޖަލްސާ ފުރަތަމަ ބާއްވަން އުޅުނީ ޣިޔާސުއްދީން ސުކޫލު ގައެވެ. ނަމަވެސް ފުލުހުންގެ އެސްއޯ އިން ވަނީ އެ ޖަލްސާއަށް ހުރަސް އަޅާ ހުއްޓުވާފަ އެވެ. އެ ޖަލްސާ ހުއްޓުވީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެންނެވެ. އެ މިނިސްޓްރީން ޖަލްސާ ހުއްޓުވަން އެދުނީ ޣިޔާސުއްދީނުން އެދިގެން ކަމަށް ބުންޏެވެ.

އެއީ އެ ޖަލްސާ ބާއްވަން ދިން ހުއްދަ ކުއްލި ގޮތަކަށް އެ ސުކޫލުން ބާތިލުކުރުމުންނެވެ. އެ ހުއްދަ ބާތިލުކުރީ ނުފޫޒެއްގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ފަހުން ޖަލްސާ ބޭއްވީ ރާޅުގަނޑު ސަރަހައްދު ގައެވެ. 

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ޕީއެންއެސް ރަޖިސްޓްރީކޮށްދީ އެކަމުގެ ލިޔުން ޕާޓީ އޮފީހަށް ފޮނުވާފަ އެވެ. 

ޕީއެންއެފްގެ ވަގުތީ ރައީސަކީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން ޔާމީން އެވެ. ސެކްރެޓްރީ ޖެނެރަލަކީ މުހައްމަދު މަލީހު ޖަމާލެވެ. ޓްރެޝަރާ އަކީ އަހުމަދު މުސްތަފާ މުހައްމަދު އެވެ. ރަޖިސްޓްރާ އަކީ އަލީ ޝިޔާން ރަޝީދެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.