ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ

އެޗްޑީސީ މަސައްކަތަ ކުރަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައި ދިނުމަށެވެ.

ތިލަފުށި: ހަމަ އެކަނި ދިވެހިންނަށް ބިން ގަނެވޭ ގޮތަށް ބިން ވިއްކަން ހުޅުވާލަން ވަނީ ނިންމާފައި -- އެޗްޑީސީގެ ފޮޓޯއެއް

ދިވެހިންނަށް އެކަނި ބިން ގަނެވޭ ގޮތަށް ނިންމާ ތިލަފުށިން ބިން ވިއްކަން ހުޅުވާލަން އެޗްޑީސީން ތައްޔާރުވާން ފަށައިފި އެވެ.

އެޗްޑީސީން ބުނީ ސިނާއީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދޭން ވެގެން ކަމަށެވެ.

ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރަން ފުރުސަތު ހޯދައިދިނުމަށް އެޗްޑީސީން އިސްކަން ދެ އެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައި ދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫ ކުރަން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އަދި ބުނީ ތިލަފުށީގައި ބިން ބޭނުންކުރާ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.