އިތުރު ބަގީ ގަނެ، ހިދުމަތަށް 31 މުވައްޒަފުން ނަގަން މާލޭ ކައުންސިލުން ނިންމައިފި

ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދެވަނަ ފަހަރަށް އަލުން ފެށީ ޕިންކް ސްކައި މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްގެން މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތަށް އިތުރު ބަގީ ގަތުމަށާއި އެ ހިދުމަތަށް 31 މުވައްޒަފުން ނަގަން މާލޭ ސިޓީ ކައުންސިލުން މ މިއަދު ފާސް ކޮށްފި އެވެ.

ޑެޕިއުޓީ މޭޔަރު ރިޔާސަތު ބެލެހެއްޓި، އެ ކައުންސިލުގެ މިއަދުގެ ޖަލްސާގައި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ވިލިމާލޭގައި 10 ބަގީ އޮތް ނަމަވެސް ހިދުމަތް ފޯރުކޮށްދެވޭ ހާލަތުގައި އޮތީ ތިން ބަގީ ކަމަށެވެ. އެހެން އެ މައްސަލައަށް ބަހުސް ކުރުމަށްފަހު ކައުންސިލުން ވަނީ އިތުރު ހަތް ބަގީ ގަތުމަށް ފާސް ކޮށްފަ އެވެ. 

އަދި ކައުންސިލުން އަމިއްލައަށް 24 ގަޑިއިރަށް ބަގީގެ ހިދުމަތް ފޯރުކޮށްދިނުމަށް މުވައްޒަފުން ނެގުމަށް ވެސް ނިންމާ އެކަން ވެސް ފާސް ކުރި އެވެ. މުވައްޒަފުން ނަގާއިރު އޮޕަރޭޝަންސް މެނޭޖަރަކާއި ދެ ސުޕަރވައިޒަރުންނާއި ހަ އޮޕަރޭޓަރުންނާއި 18 ޑްރައިވަރުންނާއި  ދެ މެކޭނިކުން އަދި ދެ ހެލްޕަރުން ނަގާނެ އެވެ.

ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދެވަނަ ފަހަރަށް އަލުން ފެށީ ޕިންކް ސްކައި މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްގެން މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ. ބަގީގެ ހިދުމަތަށް 2.9 މިލިއަން ރުފިޔާ ހަރަދު ކޮށްގެން 10 ބަގީ ގެނެސް ޕިންކް ސްކައި ކުންފުންޏަށް މަހަކު 390،000ރ. ދީގެން ބަގީގެ ހިދުމަތް ދޭން އެއްބަސްވި ނަމަވެސް އެ ކުންފުނިން އެ ހިދުމަތް ގަވާއިދުން ފޯރުކޮށްދެމުން ނުދާ ކަމަށް ކައުންސިލުން ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.