މަތީ ތައުލީމު ލޯނު ފުރުސަތު މޭ މަހާ ހަމައަށް އިތުރުކޮށްފި

ލޯނު އެހީގެ ދަށުން ތައުލީމާއި ތަމްރީނު ހޯދަން ކޮންމެ ގައުމަކަށް ވެސް ދިއުމުގެ ފުރުސަތު އޮވެއެވެ. ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ އިއުލާން ކޮށްފައިވާ ގައުމުތަކަށެވެ.

ސަރުކާރުން ދޭ މަތީ ތައުލީމް ލޯނަށް އެދެވޭ މުއްދަތު އިތުރު ކޮށްފި އެވެ.

މިދިޔަ މަހުގެ 28 ގައި އެ ލޯނަށް އެދެން ފުރުސަތު ހުޅުވާލުމަށްފަހު މިއަދު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި އަންނަ މޭ މަހުގެ ދެވަނަ ދުވަހާ ހަމައަށް އަށް އިތުރުކޮށްފައިވާ ކަމަށެވެ. އެއީ 500 ފުރުސަތެވެ.

ކުރިން ހުޅުވާލާފައި އޮތް ފުރުސަތުގެ ސުންގަނޑި ހަމަވަމީ މިއަދަށެވެ. 

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައި ވެއެވެ. ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުސަތު ހުޅުވާލައި އެ ފަރާތްތަކުގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް ޕްރޮގްރާމް ފުރިހަމަ ކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި އެކަމަށް މިނިސްޓްރީ ކަނޑައަޅާ ހަރަދެއް ދިނުމަށް ވެސް ހަމަޖައްސާފައި ވެއެވެ.

ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައި ނުވާ އެހެނިހެން ހަރަދުތައް ހޯދަން ހުޅުވާލާފައި ވެއެވެ.

މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް ވެސް ފުރުސަތު ހުޅުވާލާފައި ވެއެވެ. އަދި ޔުނިވާސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކް ގައި ކިޔަވައިދޭނެ ލެކްޗަރާއިން ތަމްރީނު ކުރުމަށް ޕީއެޗްޑީ ލެވަލްއަށް ފުރުސަތު ދެ އެވެ.

ލޯނު އެހީގެ ދަށުން ތައުލީމާއި ތަމްރީނު ހޯދަން ކޮންމެ ގައުމަކަށް ވެސް ދިއުމުގެ ފުރުސަތު އޮވެއެވެ. ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ އިއުލާން ކޮށްފައިވާ ގައުމުތަކަށެވެ. އެނޫން ގައުމެއްގައި ކިޔެވުމަށް ލޯނު ދޭނީ ލޯނަށް ހޮވުނު ފަރާތުން އިހުތިޔާރުކުރާ އިއުލާންކުރި ގައުމަކާއި ކިޔަވަންދާ ގައުމަކާއި އަޅާކިޔައި ހަރަދު ކުޑަ ގައުމެއްގެ ރޭޓުންނެވެ. މިއަހަރުގެ ލޯނު ސްކީމް އިއުލާން ކޮށްފައި ވަނީ އެޑްމިނިސްޓްރޭޓިވް ޗާޖްގެ ގޮތުގައި އެއް ޕަސެންޓް ހިމެނައިގެނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.