އިޓަލީ ވެސް ކޮންގްރެސް ޕާޓީއާ ގުޅިއްޖެ

ރަޝީދު، ކޮންގްރެސްއާ ގުޅިވަޑައިގެންފައިވާއިރު އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބު ހޯއްދެވި ހަ ކެންޑިޑޭޓަކު ވަނީ ކޮންގްރެސްއާ ގުޅިވަޑައިގެންފައެވެ.

މުހައްމަދު ރަޝީދު: ކޮންގްރެސްއާ ވަނީ ގުޅިވަޑައިގެންފައި

ވަރަށް ވާދަވެރިވި ހދ. ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަމިއްލަ ކެންޑިޑޭޓް މުހައްމަދު ރަޝީދު (އިޓަލީ - ގަދަގޭ ރަޝީދު) ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

ކޮންގްރެސް ޕާޓީން ބުނީ ‏ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ރަޝީދު ޕީއެންސީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.

ފަސް ކެންޑިޑޭޓުން ވާދަކުރި އިންތިހާބު ގައި ރަޝީދު ވަނީ 650 ވުރެ ގިނަ ވޯޓް ހޯދާފައެވެ. ރަޝީދުއާ އެންމެ ގާތުން ވާދަކުރި ކޮންގްރެސްގެ އަހްމަދު އަޝްރަފަށް ލިބުނީ 590 އެއްހާ ވޯޓެވެ.

ތިން ވަނަ އަށް ދިޔައީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަބްދުއްރަހްމާން އެވެ.

އެ ދާއިރާގެ މެންބަރު -- އާންމުންގެ މެދުގައި ވަރަށް މަގުބޫލު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ލިބުނީ ލަފާކުރި ވަރަށް ވުރެ ދަށް ނަތީޖާ އެކެވެ. ނަޝީދަށް ލިބުނީ 300 އެއްހާ ވޯޓެވެ.

ޖޭޕީ ޓިކެޓް ގައި ވާދަކުރި ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހުދީ ދިޔައީ ފުލަަށެވެ.

ރަޝީދު، ކޮންގްރެސްއާ ގުޅިވަޑައިގެންފައިވާއިރު އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންތަކެއް ވެސް ވަނީ އެ ޕާޓީއަށް ސޮއި ކުރައްވާފައެވެ. އެއީ؛

  •  ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  •  ޙަސަން ޒަރީރު – މަތިވެރި ދާއިރާ
  •  އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  •  އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  •  ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
  •  ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ
ރައީސް އެންޑޯސްކޮށްގެން އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރި އަމިއްލަ ކެންޑިޑޭޓުން ރައީސް ޑރ. މުއިއްޒުއާ އެކު؛ މި ކެންޑިޑޭޓުން ސޮއިކުރީ އިއްޔެ

މި މެންބަރުންނާއެކު ކޮންގްރެސްގެ މެންބަރުންގެ އަދަދު 73 އަށް އެރީ އެވެ. ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުންގެ އަދަދު 75 ވުރެ އިތުރުވާނެ އެވެ.

މަޖިލިސް އިންތިހާބުގެ ކުރިން ޖެނުއަރީ 27 ގައި ކޮންގްރެސް އިން އެޕާޓީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމެރީއެއް ބޭއްވި އެވެ. އެ ޕްރައިމެރީގައި ވާދަކޮށް ޓިކެޓު ކާމިޔާބުކުރި ބައެއް މެންބަރުންނަށް އެ ޕާޓީއިން ތާއީދުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ތާއީދު ކޮށްފައި ވަނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށެވެ.

ކޮންގްރެސްގެ ޓިކެޓު އޮތް ކެންޑިޑޭޓުން ތިއްބަވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ ޕާޓީގެ އިސްވެރިން އަމިއްލަ ކެންޑިޑޭޓުންގެ ކެމްޕޭންތަކުގައި ވެސް ހަރަކާތްތެރިވެ ވަޑައިގަތެވެ. އަދި ސަޕޯޓަރުންނަށް ވެސް ރައީސް މުއިއްޒު "އެންޑޯސް" ކުރައްވާ ކެންޑިޑޭޓުންގެ ގޮތުގައި ދައްކާފައި ވަނީ އެ ބޭފުޅުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.