މާރިޗު މަހު އެހީގެ ގޮތު ޒަކާތް ހައުސްއިންއަށް ލައްކައަށްވުރެ ގިނަ ރުފިޔާ

ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަން އެހީގެ ގޮތުގައި 190.822.59ރ. ދީފައިވާއިރު ހިތުގެ އޮޕަރޭޝަންތަކަށް 8,481.00ރ. ދީފައިވެއެވެ.

މުހައްމަދު ޝަހީމް އަލީ ސައީދު

މޯލްޑިވްސް ޒަކާތު ހައުސް އިން އެހީގެ ގޮތުގައި މިދިޔަ މަހު 800،000 ރ. އަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަކީ ޒަކާތުގެ ކަންކަމަށް ސަމާލުކަން ދީ އެކަން ބަލަހައްޓަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އުފެއްދި އޮފީހެކެވެ. 

އެ އޮފީހުން އާންމު ކުރި ފެކްޓް ޝީޓެއގައި ބުނެފައިވާ ގޮތުން މިދިޔަ މާރިޗު މަބހު 59 މީހަކަށް 878،682.88ރ. ދިނެވެ. ޒަކާތު ފަންޑުން އެހީގެ ގޮތުގައި ދޭން ހަމަޖެހިފައިވަނީ 685،026.19 ރ. އެވެ.

އެހީ ދިން މައިގަނޑު ކަންކަން

  •  ކެންސަރު ފަރުވާ
  •  ހިތުގެ އޮޕަރޭޝަން
  •  ސިކުނޑީގެ އޮފަރޭޝަން
  •  ޓްރާންސްޕްލާންޓް ހެދުމަށް

ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަން އެހީގެ ގޮތުގައި 190.822.59ރ. ދީފައިވާއިރު ހިތުގެ އޮޕަރޭޝަންތަކަށް 8,481.00ރ. ދީފައިވެއެވެ. އަދި ޓްރާންސްޕްލާންޓް ހެދުމަށް 25,433.00ރ. ދިން އިރު ސިކުނޑީގެ އޮޕަރޭޝަންތަކަށް 180,407.19ރ. ދީފައި ވެއެވެ. އެހެނިހެން ކަންކަމަށް 279,872.50ރ. ހޭދަ ކުރި އެވެ. 

އަދި ހާއްސަ ހާލަތް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުނަށް ޒަކާތު ފަންޑުން ދޭ އެހީގެ ގޮތުގައި މިދިޔަ މަހު 17,207.65ރ. ދިނެވެ. އެހެނިހެން ހަރަދުގެ ގޮތުގައި ސްކޮލާޝިޕަށް 44,563.80ރ. ހަރަދު ކޮށްފައި ވާއިރު، އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ އާމިލުންގެ އުޖޫރައިގެ ގޮތުގައި 374,950.28ރ. ހަރަދު ކޮށްފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.