ގާނޫނު އޮތް ގޮތުން ކޮންގްރެސްއާ ގުޅުނު މެންބަރުންގެ ގޮނޑި ނުގެއްލޭނެ

"އެހެން ނޫނަސް ގާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ހިލާފަށް، އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ގާނޫނަކުން އުންޏެއް ނުކުރެވޭނެ،"

ރައީސް އެންޑޯސްކޮށްގެން އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރި އަމިއްލަ ކެންޑިޑޭޓުން ރައީސް ޑރ. މުއިއްޒުއާ އެކު؛ މި ކެންޑިޑޭޓުން ސޮއިކުރީ އިއްޔެ

ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައި އޮތް އެންޓި ޑިފެކްޝަން ގާނޫނު އޮތް ގޮތުން ކޮންގްރެސްއާ ގުޅުނު މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް / ކުރީގެ ތަރުޖަމާން އިސްމާއީލް ހަބީބު ވިދާޅުވެއްޖެ އެވެ.

ގާނޫނީ ދާއިރާ އިން ވެސް ތައުލީމު އުނގެނިވަޑައިގެން ހުންނެވި ހަބީބު މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުތަކުން ކުރެ ޝަރުތެއް އެ ހަ ބޭފުޅުންގެ އުނި ނުވާ ކަމަށެވެ. އަދި އެންޓި-ޑިފެކްޝަންގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެވަޑައިގެންފައިވާ ކޮންމެ މެންބަރަކުވެސް މެއި 28 ގެ ކުރިން އެ ބޭފުޅަކު ބޭނުންފުޅު ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އެހެން ނޫނަސް ގާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ހިލާފަށް، އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ގާނޫނަކުން އުންޏެއް ނުކުރެވޭނެ،" އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި އެ ގާނޫނުގައި ހުރި އުނިކަންކަން ފާހަގަ ކުރައްވާ ހަބީބު ވިދާޅުވި އެވެ.

އިލެކްޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު

މިދިއަ އާދީއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންތަކެއް ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަނުގެ މައި ޕާޓީ، ކޮންގްރެސްއަށް ވަނީ ސޮއި ކުރައްވާފައެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓަކު އިއްޔެ ކޮންގްރެސްއަށް ސޮއިކުރެއްވިކަން ހާމަކޮށްފައި ވަނީ އެ ޕާޓީގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށެވެ. އެ މެންބަރުންނަކީ؛ 

  •  ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  •  ޙަސަން ޒަރީރު – މަތިވެރި ދާއިރާ
  •  އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  •  އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  •  ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
  •  ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

މަޖިލިސް އިންތިހާބުގެ ކުރިން ޖެނުއަރީ 27 ގައި ކޮންގްރެސް އިން އެޕާޓީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމެރީއެއް ބޭއްވި އެވެ. އެ ޕްރައިމެރީގައި ވާދަކޮށް ޓިކެޓު ކާމިޔާބުކުރި ބައެއް މެންބަރުންނަށް އެ ޕާޓީއިން ތާއީދުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ތާއީދު ކޮށްފައި ވަނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށެވެ.

ކޮންގްރެސްގެ ޓިކެޓު އޮތް ކެންޑިޑޭޓުން ތިއްބަވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ ޕާޓީގެ އިސްވެރިން އަމިއްލަ ކެންޑިޑޭޓުންގެ ކެމްޕޭންތަކުގައި ވެސް ހަރަކާތްތެރިވެ ވަޑައިގަތެވެ. އަދި ސަޕޯޓަރުންނަށް ވެސް ރައީސް މުއިއްޒު "އެންޑޯސް" ކުރައްވާ ކެންޑިޑޭޓުންގެ ގޮތުގައި ދައްކާފައި ވަނީ އެ ބޭފުޅުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.