ނަޒޫއަަށް ވޯޓް ނުދޭން ފުނާޑާ ދޫޑިގަމު މީހުންނަށް ގުޅާ ފައިސަލް އާދޭސް ދެންނެވި

".. އަދި މި ކެމްޕޭނަށް ފައިސަލް ނަސީމް ނުގެނެވޭނެ ކަމަށާއި އެމަނިކުފާނުގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށް ބުނެ ވާދަވެރި ކެމްްޕޭން ޓީމުގެ ފަރާތުން ތަކުރާރުކޮށް ދިޔައީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ،"

ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް އަދި އެމްޑީޕީ ފުވައްމުލަކު ދެކުނު ދާއިރާގެ ރަައީސް އިލްޔާސް މުހައްމަދު

މިދިޔަ އާދިއްތަ ދުވަހު އޮތް މަޖިލީސް އިންތިހާބު ގައި އެމްޑީޕީގެ ކެންޑިޑޭޓް ނަޒްރާ ނަސީމް (ނަޒޫ) އަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް އެންޓި ކެމްޕެއިންކޮށް އިންތިހާބުން ނާކާމިޔާބު ކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އެމްޑީޕީގެ ފުވައްމުލަކު ފުވައްމުލަކު ދެކުނު ދާއިރާ އިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފި އެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ ރަައީސް އިލްޔާސް މުހައްމަދު ސޮއިކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ފުނާޑު އަދި ދޫޑިގަމަށް ނިސްބަތްވާ މީހުނަށް ގުޅުއްވާ ނަޒްރާއަށް ވޯޓް ދިނުމަށް ފައިސަލް ނަސީމް ތަކުރާރުކޮށް އާދޭސް ދެންނެވި ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބު ގައި 500 ވުރެ ގިނަ ވޯޓުން އެ ދާއިރާ އިން އެމްޑީޕީ ބަލިވެފައި ވަނިކޮށް މި އިންތިހާބު ގައި އާ ހިތްވަރާއެކު ނިކުމެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުން އެ ފަރަގު 48 ވޯޓަށް ކުޑަކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އަދި ބުނީ ދާދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން ފައިސަލް، އެމްޑީޕީގެ މަޖިލީސް ކެމްޕެއިން ގައި އެކި ކެންޑިޑޭޓުންގެ ދާއިރާތަކަށް ވަޑައިގެންނެވިއިރު އެ ދާއިރާއަށް ނިސްބަތްވާ އެތައް ރައްޔިތުންނެއް ދާއިރާގެ ކެމްޕެއިނަށް ވަޑައިގެން ދެއްވުމަށް ފައިސަލް އަރިހު ދެންނެވުމުން އެކަމަށް ބީރުކަންފަތެއް ދެއްވާފައިވާ ކަމަށެވެ.

".. އަދި މި ކެމްޕޭނަށް ފައިސަލް ނަސީމް ނުގެނެވޭނެ ކަމަށާއި އެމަނިކުފާނުގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށް ބުނެ ވާދަވެރި ކެމްްޕޭން ޓީމުގެ ފަރާތުން ތަކުރާރުކޮށް ދިޔައީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ،"

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރިޔާސީ އިންތިހާބު ގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް މަޖިލީސް ރައީސް މުހައްމަދު އަސްލަމް ހަމަޖެއްސެވުމުން ފައިސަލް ގެންދެވީ ރައީސް ސޯލިހާއި ދެކޮޅަށް ވެސް މަސައްކަތް ކުރައްވަމުން ކަމަށެވެ. މިއީ އާއިލީ މައްސަލައެއް ނޫން ކަަމަށާ ޒިންމާދާރު މަގާމެއް ފުުރއްވާ އަދި އެމްޑީޕީއަށް ވެސް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ނުކުރައްވާ ވާދަވެރި ކެންޑިޑޭޓަށް ވާގިވެރިވުމަކި އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންގެ ހައްގަށް ލިބުނު ނިކަމެތި ކަމެއް ކަމުން އެކަން ކުށްވެރި ކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.