ނިއުޕޯޓު ބިން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ނިއުޕޯޓު ބިން އަތުލާފައިވަނީ ރަނގަޅަށް ކަމަށާއި، ސްޓްރާޑާ ކުންފުންޏަށް ބަދަލު ދޭން ނުޖެހޭ ކަމަށް މިއަދު ސުޕްރީމް ކޯޓުން ނިންމި އެވެ.

ނިއުޕޯޓު ރެސްޓޯރަންޓު ހިންގަމުން ދިޔަ އިރު ނަގާފައިވާ ފޮޓޯއެއް: މިއަދު ސުޕްރީމް ކޯޓުން ނިންމީ އެބިން އެތުލުމަށް ޔާމީނު ސަރުކާރުގައި ނިންމާފައި އޮތީ ރަނގަޅަށް ކަމަށް -- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރަމުން ދިޔަ އިރު، ގާއިމްކުރި ބްރިޖް ވިއު ޕްލެޓްފޯމުގައި ހިންގި ނިއުޕޯޓް ރެސްޓޯރެންޓުގެ ބިން އަތުލީ ރަނގަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ނިއުޕޯޓް ރެސްޓޯރަންޓު ހިންގި ސްޓްރާޑާއާ އެކު ސަރުކާރުން 2016 ގައި ވި އެއްބަސްވުމެއްގެ ދަށުން، އެތަން ހިންގަމުން ދަނިކޮށް އެ އެއްބަސްވުން ބާތިލްކޮށް އެތަން އަތުލަން ސަރުކާރުން ނިންމީ 2019 ގަ އެވެ.

އަދި ސިވިލް ކޯޓު މެދުވެރިކޮށް ނުދައްކާ އޮތް 1.1 މިލިއަން ރުފިޔާގެ ބިމު ކުލި ހޯދުމަށާއި، އެތަން ހުސްކުރުމުގެ އަމުރެއް ސްޓްރާޑާގެ މައްޗަށް ނެރުނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ހައިކޯޓުން ވެސް ހުކުމަށް ތާއީދުކުރި އެވެ. 

މި މައްސަލައާ ގުޅިގެން މިއަދު ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހުނު ކުލި ސްޓްރާޑާ އިން ދައްކާފައި ނުވާކަން، އެކުންފުނީގެ ބަހުން އެނގޭ ކަމަށެވެ. 

އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން، ސްޓްރާޑާއަށް ދޫކުރި ބިމުން ބައެއް ދައުލަތަށް ނަގާފައިވާތީ ސަރުކާރުން އެ ކުންފުންޏަށް ބަދަލު ދޭންޖެހޭނެ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެ ބަދަލު ދޭން ޖެހޭނެ ގޮތެއް ދެއްކިފައި ނެތް ކަމަށް ވެސް ނިންމާފައި ވެއެވެ. 

ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ރިޔާސަތު ބެލެހެއްޓެވި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.