އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ދަސްވެނިވުން ޝަރަފުވެރި ކޮށްދެއްވައިފި

އެކްސެލް އިންޓަނޭޝަނަލް ސްކޫލަކީ އެމެރިކާގެ އިންޓަނޭޝަނަލް ޕްރީސްކޫލް ކަރިކިއުލަމަށް ކިޔަވައިދޭ ރާއްޖޭގައި ހުރި ހަމައެކަނި ސްކޫލެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރަކަށް މެޑަމް ސާޖިދާ މުހައްމަދު މިއަދު ޓްރޮފީ ހަވާލުކޮށް ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އަނބިކަނބަލުން ސާޖިދާ މުހައްމަދު، އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ދަސްވެނިވުން 2024 ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ޓްރޮފީ ހަވާލު ކޮށްދެއްވައިފި އެވެ. 

އެ ޖަލްސާ އޮތީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އެކްސެލް އިންޓާނޭޝަނަލް ސްކޫލުގެ ދަސްވެނިވުން 2024 ގެ ޖަލްސާގެ ފުރަތަމަ ސެޝަން ޝަރަފުވެރި ކޮށްދެއްވައި އެކަމަނާ ވަނީ އެސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން 109 ދަރިވަރުންނަށް ޓްރޮފީ ހަވާލު ކޮށްދެއްވާފަ އެވެ. އަދި މި ޖަލްސާގައި އެކަމަނާ ވަނީ އެސްކޫލުން ގުރުއާނުގެ ފުރަތަމަ ދެ ފޮތް އަދި އެއް ފޮތް ހިތުދަސްކުރި 38 ދަރިވަރުންނަށް ވެސް ޓްރޮފީ ހަވާލު ކޮށްދެއްވާފަ އެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލުން މިއަހަރު 210 ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓާއި ޓްރޮފީ ހާސިލުކޮށްފައި ވެއެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލް ހުޅުވިތާ މިއަހަރު 13 އަހަރު ފުރޭނެ އެވެ. އަދި އެކްސެލް އިންޓަނޭޝަނަލް ސްކޫލަކީ 18 މަހުން ފެށިގެން ހަ އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އެކްސެލް އިންޓަނޭޝަނަލް ސްކޫލަކީ އެމެރިކާގެ އިންޓަނޭޝަނަލް ޕްރީސްކޫލް ކަރިކިއުލަމަށް ކިޔަވައިދޭ ރާއްޖޭގައި ހުރި ހަމައެކަނި ސްކޫލެވެ. އެ ސްކޫލުގައި 1006 ދަރިވަރުން މިވަގުތު ކިޔަވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.