ހުޅުމާލޭގައި ޒަމާނީ ވެއާހައުސިން ކޮމްޕްލެކްސް އަޅަން ހަވާލުކޮށްފި

އެޗްޑީސިން އަބަދުވެސް އްޔިތުންނަށް ވީހާވެސް ފަސޭހަ ވާނެހެން ހިދުމަތްތައް ފޯރުކޮށްދޭން ޒަމާނީ ތަރައްގީތައް ގެނެސްދެމުން ގެންދެ އެވެ.

ހުޅުމާލޭގައި ޒަމާނީ ވަސީލަތްތަކާއެކު އަޅާ ވެއާހައުސް ކޮމްޕްލެކްސް

ހުޅުމާލޭގައި މި ޒަމާނުގެ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ވެއާހައުސިން ކޮމްޕްލެކްސް އަޅަން ހަވާލު ކޮށްފި އެވެ.  

އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމްގެ ވަސީލަތްތައް ހިމަނައިގެން ކޮމްޕްލެކްސް އިމާރާތް ކުރަން ދިނީ ހޮންކޮންގުގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑަށެވެ. މި ވެއާހައުސިން ކޮމްޕްލެކްސް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮން އެވެ.

އެޗްޑީސީން ހެދި މި އެއްބަސްވުމާއެކު ވެއާހައުސިން ކޮމްޕްލެކްސް އިމާރާތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ. 

އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރާ އެ ކޮމްޕްލެކްސް އަކީ އިންޑަސްޓްރީ އަށް އަންނާނެ އިންގިލާބީ ބަދަލެއް ކަމަށާއި އޭގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގިނަ ކުރިއެރުންތައް ލިބިގެން ދާނެ ކަމަށެވެ.

ހުޅުމާލޭގައި ޒަމާނީ ވަސީލަތްތަކާއެކު އަޅާ ވެއާހައުސް ކޮމްޕްލެކްސްގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން
  •  އެކި ބާވަތުގެ މުދާ ރައްކާކުރަން ތަފާތު ޔުނިޓްތައް ހިމެނޭ
  •  ކޯލްޑް ސްޓޯރޭޖް ހިމެނޭ އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް
  •  ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް
  •  އޮފީސް ޖާގައާއި ޝޯރޫމް ހިމެނޭ އިމާރާތައް

މި ކޮމްޕްލެކްސް އިމާރާތް ކުރާނީ އެކި ބާވަތުގެ މުދާ ރައްކާކުރަން ތަފާތު ޔުނިޓްތައް ހިމަނައިގެނެވެ. ކޯލްޑް ސްޓޯރޭޖާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓާއި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނެއެވެ. މީގެ އިތުރުން އޮފީސް ޖާގައާއި ޝޯރޫމް ހިމެނޭ އިމާރާތެއް މި ކޮމްޕްލެކެސްގައި ހުންނާނެއެވެ.

ބާވަތްތަކުގެ މުދާ ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެއެވެ. ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މުދާ ރައްކާކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ތަނަވަސް ވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.