މިހާތަނަށް އަޅުގަނޑު ޖެހި ސިޔާސީ ހިސާބެއް ދިމާނުވެއެއް ނެތް: އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނު ކޮންމެ އެއްޗެއް ވެސް ވިދާޅުވަނީ ފުންކޮށް ވިސްނުމަށް ފަހު ކަމަށެވެ. އަދި އަބްދުއްރަހީމްގެ ބައެއް ވާހަކަތަކަށް މީހުން "ޖޯކު ޖަހަނީ" ވިސްނުމެއް ނެތިކަށް ވިދާޅުވި އެވެ.

ރައީސްގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ: އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުގެ ވާހަކަތަކަށް މީހުން "ޖޯކު ޖަހަނީ" ވިސްނާލުމެއް ނެތި ކަމަށް --

މިހާތަނަށް ސިޔާސީ ކަމެއްގައި ހިސާބެއް ޖަހައިފި ނަމަ ދިމާނުވާ ފަހަރެއް ނާންނަ ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި މިވަގުތު ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ރޭ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުލްރަހީމް ވިދާޅުވީ، ވިސްނާލުމެއް ނެތި އެއްވެސް ތަނެއްގައި ނުވަތަ ޕޯޑިއަމެއްގައި ދުވަހަކުވެސް ވާހަކަ ދައްކަވާފައި ނުވާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް 70 އަށްވުރެ ގޮނޑި ކާމިޔާބުކުރެވޭނެ ކަމަށް އަބްދުއްރަހީމް އިންތިހާބުގެ ކުރިން ވިދާޅުވެފައި ވަނިކޮށް އެ އަދަދު ވަނީ ދިމާވެފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ، އިންތިހާބުގެ ކުރިން ނޫސްވެރިން އެ ސުވާލު ކުރުމުން ޖަވާބު ދިނީ އިންތިހާބުގައި ކަންހިނގާ ގޮތް ވަރަށް ރަނގަޅަށް ބެލުމަށް ފަހު ކަމަށެވެ. 

"ބައެއް ބޭފުޅުން ޕޯޑިއަމަށް އަރާ ހިތަށް އެރި އެއްޗެއް ބުނި ނަމަވެސް، އަޅުގަނޑު ސިޔާސީ ހިސާބު ޖަހަނީ ވަރަށް ބަލާފައި. މިހާތަނަށް އަޅުގަނޑު ޖެހި ސިޔާސީ ހިސާބެއް ދިމާނުވެއެއް ނޯންނާނެ." އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވީ އިންތިހާބުތަކުގައި ނިކުންނާނެ ނަތީޖާއަކާ މެދު ހިސާބު ޖަހަނީ، އިންތިހާބުތަކުގައި އިދިކޮޅުން މަސައްކަތް ކުރާނެ ގޮތާއި، މީހުންގެ ގޮތް ރަނގަޅަށް އެނގިގެން ހުރެ ކަމަށެވެ. 

"މި ރާއްޖޭގެ ސިޔާސީ މައިދާނުގައި އަމަލީ ގޮތުން އަޅުގަނޑު މަސައްކަތްކުރާތާ 31 އަހަރު ވެއްޖެ. އަޅުގަނޑު މަސައްކަތް ކޮށްފިން ރައީސް މައުމޫނާ އެކީގަ، ރައީސް ވަހީދާ އެކީގަ، ރައީސް ޔާމީނާ އެކީގަ އަދި މިހާރު ރައީސް މުއިއްޒުއާ އެކީގައި" ސިޔާސީ ދާއިރާގެ ތަޖުރިބާތައް ހިއްސާކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ. 

މިހާތަނަށް ގިނަ ލީޑަރުންތަކަކާ އެކު ސިޔާސީ މަސައްކަތުގައި އުޅެވިފައިވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެ ހުރިހާ ބޭފުޅުން ސިޔާސީ މަސައްކަތްތައް ކުރައްވާ ގޮތް އެނގޭ ކަމަށެވެ. 

އަދި ކޮންމެ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނާ އެކު ވެސް ގާތް ގުޅުމެއް އޮންނަ ކަމަށާއި، "މަދުވެގެން ހަފަހަރު ނާރާ ރަށެއް ނޯންނާނެ" ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ރަނގަޅަށް ހއ. ތުރާކުނުން އައްޑު އަތޮޅަށް މި ރާއްޖެ އެނގޭ. އަޅުގަނޑުގެ މި ފޯނުގައި 25 30 ބޭފުޅުންގެ ނަންބަރު ނެތް ރަށެއް މިރާއްޖޭގައި މަދުވާނެ" އަބްދުއްރަހީމް ވިދާޅުވި އެވެ.  

އަބްދުއްރަހީމް ވަނީ 18 ވަނަ މަޖިލީހުގައި ވެސް ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވާފަ އެވެ. އެއަށް ފަހު 19 ވަނަ މަޖިލިސް އިންތިހާބުގައި ވާދަކޮށް ކާމިޔާބުވެވަޑައެއް ނުގަނެ އެވެ. އޭގެ ފަހުން އެމްޑީޕީ ވެރިކަމުގައި ރައީސް ޔާމީނު ޖަލުގައި ބަންދުކޮށްފައި އޮތް ދުވަސްވަރު މަސައްކަތް ކުރެއްވީ ޕީއެންސީގެ ރައީސްގެ ގޮތުގަ އެވެ. ޕާޓީ ހިންގެވުން ހަވާލުކުރައްވަން ޔާމީނު އިތުބާރުކުރެއްވީ އަބްދުއްރަހީމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.