ވެމްކޯގެ ޑީއެމްޑީ ކަމަށް ކޮންގްރެސްގެ ސެނެޓާ ޝަހީދު

ގެމަނަފުށީ ޝަހީދު އިބްރާހިމަކީ ޕީޕީއެމާއި ކޮންގްރެސްޕާޓީގެ އިދާރީ ހުރިހާ މަސައްކަތެއްގައި އިސް ދައުރެއް އޮތް ބޭފުޅެކެވެ.

ޝަހީދު އިބްރާހިމް: ވެމްކޯގެ ޑީއެމްޑީ ކަމަށް ހަމަޖެއްސެވި

ވޭސްޓް މެނޭޖް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް ކޮންގްރެސް ޕާޓީގެ އިދާރީގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ ޝަހީދު އިބްރާހިމް އައްޔަން ކޮށްފި އެވެ.

ގއ. ދެއްވަދޫ ވާރު އާއިލާއަށް ނިސްބަތްވާ ޝަހީދަކީ ޕީޕީއެމްގެ ތެރެއިން ކޮންގްރެސް ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށި އިރު އިދާރީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވެވި ބޭފުޅެއް އަދި މަގުމަތީ ހަރަކާތްތަކުގެ އިސް އެކްޓިވިސްޓެކެވެ. 

މީގެ އިތުރުން އޭނާއަކީ މިހާރު ކޮންގްރެސް ޕާޓީގެ ސެނެޓްގައި ހިމެނި ވަޑައިގަންނަވާ އެ ޕާޓީގެ ސެނަޓަރެއްގެ އިތުރުން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކޮންގްރެސްގެ ޕާޓީގެ ޗެއާޕާސަން އަދި ޕާޓީގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ ގެ އަރިސް ބޭފުޅެކެވެ. އަދި އޭނާ އަކީ ކޮންގްރެސްގެ ގެމަނަފުށީ ދާއިރާގެ ރައީސެވެ. 

މިދިއަ 20 ވަނަ ރައްޔިތުންގެ މަޖިލީގެ އިންތިހާބުގައި ވާދަ ކުރައްވާ ހުޅުމާލޭ ދެކުނު ދާއިރާ ގޮނޑި ކާމިޔާބު ކުރެއްވި، ކުރީގެ ވަޒީރު އެމްޑީޕީގެ ޑރ. ޝަހީމްދަކީ ޝަހީދުގެ އެއްބަފާ ބޭބެ އެވެ. އަދި އެ އިންތިހާބުގައި ގެމަނަފުށީ ދާއިރާ ގޮނޑިއަށް ހޮވި ވަޑައިގެންނެވި އައްސަދުﷲ ޝިހާބަކީ ޝަހީދުގެ ދެބެންގެ ދެދަރި ކޮއްކޯފުޅެކެވެ. ހުޅުމާލެ މެދު ދާއިރާގެ ގޮނޑި ނެންގެވީ އަބްދުﷲ ޝަޒީމް އަކީ ޝަހީދު އެއްބަނޑު ކޮއްކޮގެ ފިރިކަލުންނެވެ. ހުޅުމާލެ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހުސައިން ޝަރީފަކީ ޝަހީދުގެ އާއިލާގެ ތިމާގެ ބޭބޭފުޅެކެވެ. 

ރައީސް މުއިއްޒުގެ ކެބިނެޓްގެ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) އަކީ ޝަހީދުގެ ދެބެންގެެ ދެދަރި ކޮއްކޮފުޅެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.