ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުން ކޮންގްރެސް ޕާޓީއިން ތައުޒިޔާ ދަންނަވައިފި

ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވެސް ތައުޒިޔާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނާ އެކު

އެމްޑީޕީގެ ރައީސް އަބްދު ﷲ ޝާހިދުގެ ބައްޕާފުޅު، މޫސާ ޖަމީލް އަވަހާރަވުމާ ގުޅިގެން ޕީއެންސީ/ޕީޕީއެމް ހިމެނޭ ސަރުކާރު ކޯލިޝަނުން ތައުޒިޔާ ދަންނަވައިފި އެވެ. 

މޫސާ ޖަމީލް އަވަރާވީ މިއަދު ހެނދުނު އެވެ. މި ފަހުން މޫސާ ޖަލީލް އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި ގެންދެވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

ކޮންގްރެސްގެ ނޫސްބަޔާނުގައި ބުނީ:"...އަބްދުﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުގެ ހިތާމައިގައި މިކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވެ، އާއިލާއަށް މިކޯލިޝަންގެ ލީޑަރު، ޕީއެންސީގެ ރައިސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިކޯލިޝަންގެ ލީޑާރޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތައުޒިޔާ ދަންނަވަ" ކަމަށެވެ. 

މޫސާ ޖަމީލުގެ ހަޔާތުގެ ބޮޑު ބައި ހޭދަ ކުރެއްވެވީ ކިޔަވައި ދެއްވުމުގަ އެވެ. އެންމެ ގިނަ ދުވަހު ކިޔަވައި ދެއްވެވީ މަދަރުސަތުއް ސަލާހިއްޔާގަ އެވެ. އަދި ރާއްޖޭގައި އެންމެ ގިނަ އަދެއްގެ މުދިމުން ތަމްރީނުކޮށް ދެއްވި ހިދުމަތްތެރިޔާއަކީ މާލޭގެ ހެންވޭރު އަވަށުގެ ހަތީބުކަން އެންމެ ފަހަށް ކުރެއްވެވި މޫސާ ޖަމީލެވެ. މޫސާ ޖަމީލު ވަނީ އިސް ފަނޑިޔާރެއްގެ ގޮތުގައި ރާއްޖޭގެ ޖުޑިޝަރީއަށް ވެސް ގިނަ ގުނަ ހިދުމަތް ކުރައްވާފަ އެވެ.

ދިވެހި ޅެންވެރި ކަމުގެ "އުޖާލާވި ރަންތަރި" ޝައިހު މުހައްމަދު ޖަމީލް ދީދީއާ އެެއް ބަފާ މޫސާ ޖަމީލަކީ ވެސް ކުޅަދާނަ ޅެންވެރިއެކެވެ. އަދި އޭނާއަކީ ގުރުއާން ހިތުދަސް ކުރައްވައިގެން ހުންނެވި ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. ކުރީގެ މަޖައްލާ "ސޫލާ" އަށް ވެސް މޫސާ ޖަމީލް ޅެން ލިޔުއްވި އެވެ. އޭނާގެ ޅެންތަކުގެ ތެރެއިން "މަރުގެ ނިދާ އައުމުން" އެއީ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ޅެމެކެވެ.

މިއަދު އަވަހާރަވި މޫސާ ޖަމީލުގެ ތިއްބަވަނީ އެންމެ ދޮއްޓަށް މުހައްމަދު ޝާހިދެވެ. ދެން އަބްދުﷲ ޝާހިދާއި އަހުމަދު ޝާހިދެވެ. ހަގަށް ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާ އެވެ. މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި ހާދިސާއެއްގައި ޝާހިދާގެ ދެބެން އެކުގައި އަވަހާރިވި އިރު ފާތުމަތުގެ އުމުރަކީ 14 އަހަރެވެ. އާމިނަތުގެ އުމުރުން 12 އަހަރެވެ. އެ ހާދިސާ ހިނގީ 1980 ވަނަ އަހަރު ސްކޫލް ޗުއްޓީގައި ވ. އަތޮޅު ކެޔޮދޫއަށް ކުރި ދަތުރުގެއްގެ ތެރޭގައި މޫދަށް ގެނބިގެނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.