އަލަށް ހަދާ މިސްކިތްތަކުގެ ޑިޒައިންތައް އާންމުކޮށްފި

މިސްކިތް ބެލެހެއްޓުމާއި މަރާމާތު ކުރުމާއި އާ މިސްކިތް އެޅުމާއި މިސްކިތައް ބޭނުންކޮށްގެން ދީނީ ޝިއާރުފުޅާ ކުރުންފަދަ، މިސްކިތަށް ދެވޭ ސަމާލުކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފަ އެވެ.

އަލަށް ހަދަން ފަށާ މިސްކިތްތަކުގެ ތެރެއިން މިސްކިތެއްގެ ޑިޒައިން

ރާއްޖޭގައި އަލަށް އިމާރާތްކުރަން ސަރުކާރުން ނިންމާފައިވާ މިސްކިތްތަކުގެ ޑިޒައިންތައް ނިންމާ އާންމު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މި މިސްކިތްތައް ފަރުމާ ކޮށްފައި ވަނީ މަޝްރޫއުގެ ބައެއްގެ ގޮތުގައި ހަކަތަ އުފެއްދޭނެ ސޯލާ ހަރުކުރާ ގޮތަށް ކަމަށެވެ. އަދި މިސްކިތްތަށް އިމާރާތްކޮށް ނިމޭ އިރު ހުންނާނީ އޭސީ ވެސް ހަރުކޮށްފައި ކަމަށެވެ. 

"އިންޝާ ﷲ ޖޫން މަހުގައި މި ޑިޒައިންތަކަށް މިސްކިތްތައް ބިނާ ކުރަން ފަށާނެ" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މި މިސްކިތް ފަރުމާކޮށްފައިވަނީ ރިޔަން އިންނެވެ. މި މިސްކިތްތަކަކީ 300 އާއި 500 އާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކެވެ.  

މިސްކިތް ބެލެހެއްޓުމާއި މަރާމާތު ކުރުމާއި އާ މިސްކިތް އެޅުމާއި މިސްކިތައް ބޭނުންކޮށްގެން ދީނީ ޝިއާރުފުޅާ ކުރުންފަދަ، މިސްކިތަށް ދެވޭ ސަމާލުކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.