ހަތަރު މަސް ފަހު ތަރުޖަމާނަކު ލައިފި؛ ރައީސް އޮފީހުގެ އާ ތަރުޖަމާނަކީ ހީނާ، މުސާރަ ނުނަންގަވާނެ

ރައީސް އޮފީހުން ދެންމެ ބުނީ ޗީފް ސްޕޯކްސްޕާސަން ކަމަށް ހީނާ ވަލީދު އައްޔަނު ކުރައްވާފައި ވަނީ އެކަމަނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާ ގޮތަށެވެ.

ހީނާ ވަލީދު: ރައީސް އޮފީހުގެ ތަރުޖަމާނަށް ވަނީ ހަމަޖައްސަވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް، ސ. ހިތަދޫ ސަންސެޓްވިލާ، ހީނާ ވަލީދު މިއަދު އައްޔަނު ކުރައްވައިފި އެވެ.

ހީނާ އެ މަގާމަށް އައްޔަނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމު ހުސްކޮށް އޮންނަތާ ހަތަރު މަހެއްހާ ދުވަސް ފަހުންނެވެ. ކުރީން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު ވަނީ މިދިޔަ ޖަނަވަރީ ފުރަތަމަ ދުވަހު މަގާމުން ވަކިކޮށްފައެވެ.

ރައީސް އޮފީހުން ދެންމެ ބުނީ ޗީފް ސްޕޯކްސްޕާސަން ކަމަށް ހީނާ ވަލީދު އައްޔަނު ކުރައްވާފައި ވަނީ އެކަމަނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަގާމު އަދާކުރައްވަމުން ގެންދަވާ ގޮތަށެވެ. އެހެން ކަމުން އެ މަގާމުގައި ހިދުމަތް ކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަގާމެއްގެ ގޮތުގައި ކަމަށެވެ.

މީގެ ކުރިން ހީނާ ވަލީދު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރު ކަމާއި، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފަ އެވެ. އަދި ރާއްޖޭގެ ގައުމީ މީޑިއާގައި ދިގު މުއްދަތަކު ހިދުމަތް ކުރައްވާފައެވެ. ޕަބްލިކް ސާވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަގާމުވެސް ހީނާ ވަލީދު ވަނީ އަދާކުރައްވާފަ އެވެ.

ޗީފް ސްޕޯކްސްޕާސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް އައްޔަނުކުރެއްވި ހީނާ ވަލީދު މަތީ ތައުލީމު ހާސިލު ކުރައްވާފައިވަ ނީ މާސް ކޮމިއުނިކޭޝަން ޖާނަލިޒަމް އެންޑް އެޑްވަރޓައިސްމަންޓްގެ ދާއިރާއިން ނެވެ. މިއީ މި މަގާމަށް އަންހެނަކު ހަމަޖެއްސެވި ފުރަތަމަ ފަހަރެވެ.

ހީނާ އަކީ ޕީޕީއެމްގެ ވެސް ތަރުޖަމާނެވެ. ކޮންގްރެސްގެ ތަރުޖަމާން ކަން ވެސް ކުރައްވަނީ އެކަމަނާ އެވެ. ނިމިގެންދިޔަ މަޖިލީސް އިންތިހާބު ގައި ކޮންގްރެސްގެ ކެމްޕެއިން ތަރުޖަމާނަކީ ވެސް ހީނާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.