ވަކިކުރި ސްޓޭޓް މިނިސްޓަރަށް އަލުން މަގާމް ދީފި

ޓޫރިޒަމް މިނިސްޓްރީގައި 11 ޑެޕިއުޓީ މިނިސްޓަރުންނާއި ތިން ސްޓޭޓް މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ނުވަ ބޭފުޅަކީ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ދެ ބޭފުޅަކު ހުންނަވަ އެވެ.

ޓޫރިޒަމް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރަކަށް މި ސަރުކާރުން އައްޔަންކޮށް 48 ގަޑިއިރު ފަހުން މަގާމުން ވަކި ކުރި، ޏ. ފުވައްމުލަކު މިސްކިތްމަގު, މާވޭދު، މުންއިމް އަނީސް އަނެއްކާވެސް އެ މަގާމަށް އަލުން އަައްޔަން ކުރައްވައިފި އެވެ. 

މުންއިމް އަނީސް ފުރަތަމަ އެ މަގާމަށް އައްޔަން ކުރީ މިދިޔަ ނޮވެމްބަރު މަހު 21 ގައެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން  ނޮވެމްބަރު 23 ގައި ވަކިކުރި އެވެ. އޭރު އޭނަ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އަލުން އޭނާއަށް ސްޓޭޓް މިނިސްޓަރުކަން ދިން ތާރީހެއް ވެސް ރައީސް އޮފީހަކުން ނުބުނެ އެވެ. 

މިއަދިު އެކަން ހާމަ ކުރީ ޓޫރިޒަމް މިނިސްޓަރީން އެކްސްގަ އެވެ. އަދިވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި އަޕްޑޭޓެއް ނެތެވެ.

ޓޫރިޒަމް މިނިސްޓްރީގައި 11 ޑެޕިއުޓީ މިނިސްޓަރުންނާއި ތިން ސްޓޭޓް މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ނުވަ ބޭފުޅަކު ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ދެ ބޭފުޅަކު ހުންނަވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.