"ދެން ކުރާނެ ކަމަކީ ފަސް ވަގުތު ނަމާދު ކުުރާ މީހުން ސިޔާސީ މަސައްކަތަށް ނެރުން"

އަދާލަތުގެ ތާރީހުގައި މިހާތަނަށް ކާމިޔާބު ކުރެވުނީ މަޖިލީހުގެ އެންމެ ގޮނޑި އެކެވެ. އެއީ މަކުނުދޫ ދާއިރާގެ ގޮނޑި އެވެ.

އިމްރާން އަބްދުﷲ: ސިޔާސީ މަސައްކަތަށް، ނަމާދު ކުރާ މީހުން ނެރެދޭނެ -- މިރާ

ދެން ކުރައްވާނެ މަސައްކަތަކީ ފަސް ވަގުތު ނަމާދު ކުުރާ މީހުން ސިޔާސީ މަސައްކަތަށް ނެރުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި އެމްޑީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިމްރާން އަބްދުﷲ ވިދާޅު ވެއްޖެ އެވެ. 

މިދިއަ އާދީއްތަ ދުވަހު ބޭއްވި ރައްުޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ވާދަ ކުރައްވާ ކާމިޔާބީ ނުހޯއްދެވުނު އިމްރާން މިއަދު ވިދާޅުވީ "އަޅުގަޑު މިހާތަނަށް ކުރަމުން އައި އަދި އެކަމެއް ކުރުމުގެ މަތީގައި ހަޔާތުގެ ބާކީ އޮތް ބައިގައި އިންޝާ الله، ދެމި ހުންނާނެ ކަމަށެވެ. 

އަދި ވިދާޅުވީ ދެން ކުރައްވާނެ މަސައްކަތަކީ "ފަސްވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރި ކުރުން" ކަމަށެވެ. 

މިދިއަ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓް ގައި މަޖިލީސް އިންތިހާބަށް ނެރުނީ ހަތަރު ކެންޑިޑޭޓުންނެވެ. އެއީ ވައިކަރަދޫ ދާއިރާ އަށް ހުސައިން ސަގީފް އާއި މަކުނުދޫ ދާއިރާއަށް އިމްރާން އަބްދުﷲ އާއި އިނގުރައިދޫ ދާއިރާއަށް އިސްމާއީލް އަލީ އާއި ފުނަދޫ ދާއިރާއަށް އިސްމާއީލް ހަމީދެވެ.

މި ކެންޑިޑޭޓުންގެ ތެރެއިން ފުނަދޫ ދާއިރާއަށް ވާދަކުރި އިސްމާއީލް ހަމީދު ވަނީ އެންމެ ފަހު ވަގުތު ކޮންގްރެސްގެ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމާ އިންތިހާބުން ފަހަތަށް ޖެހިފަ އެވެ. އަނެއް ތިން ގޮނޑި ވެސް ކާމިޔާބު ކުރެވޭ ގޮތް ނުވި އެވެ. އިމްރާންގެ މައްޗަށް ކުރި ހޯދީ ކޮންގްރެސްގެ ކެންޑިޑޭޓެވެ.

އަދާލަތުގެ ތާރީހުގައި މިހާތަނަށް ކާމިޔާބު ކުރެވުނީ މަޖިލީހުގެ އެންމެ ގޮނޑި އެކެވެ. އެއީ މަކުނުދޫ ދާއިރާގެ ގޮނޑި އެވެ. 2014 ވަނަ އަހަރު އޮތް 18 ވަނަ މަޖިލީހު ގައި އެ ގޮނޑި ކާމިޔާބު ކުރެއްވީ ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމެވެ. މަޖިލީސް އިންތިހާބުގައި އަދާލަތު ގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރީން ވެސް ކުރީން ވާދަ ކުރައްވާފައި ވެއެވެ. ނަމަވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އޭގެ ތެރޭގައި ޝައިހް އިލްޔާސް ހުސައިން އާއި ޑރ. މުހައްމަދު އިޔާޒް ފަދަ ބޭފުޅުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.