އާ މަޖިލިސް ހުވާ ކުރުން މޭ މަހުގެ 28 ގައި

ރައްޔިތުންގެ މަޖިލީހުގެ މިހާރު އޮތް ދައުރު މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމު: މޭ 28 ގައި އާ މެންބަރުންގެ ހުވާ ކުރުން ބާއްވަވާނެ

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުވި މެންބަރުން ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހު ކަމަށް ނިންމައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށި އިރު ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އަލަށް އިންތިހާބު ކުރި 93 މެންބަރުން ތިއްބަވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރުން 28 މޭގައި ބާއްވާނެ ކަމަށާއި އެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރަން ފަށާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރު އޮތް ދައުރު މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހު އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ނެގީ މިދިުއަ އާދީއްތަ ދުވަހު އެވެ. އެ އިންތިހާބުގައި ސަރުކާރު ހިންގާ ކޮންގްެރެސް ޕާޓީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައި ވެއެވެ. އެ ގޮތުން ކޮންގްރެސްއަށް 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ލިބުނެވެ. ވާދަވެރި އިދިކޮޅު އެމްޑީޕީއަށް 12 ގޮނޑި އެވެ. މިނިވަން ގިނަ މެންބަރުންނާއި ގާސިމާއި ސިޔާމަކީ ވެސް ސަރުކާރަށް ތާއީދު ކުރާ މެންބަރުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.