ކޮންގްްރެސްގެ އުފާފާޅުކުރުމުގެ ހަރަކާތަށް ބޮޑުތަކުރުފާނު މަގުން ބަައެއް ބަންދު ކުރަނީ

ޗާޓުގައިވާ ގޮތުން މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބު ބަންދު ކުރާނެ އެވެ. އަދި ކިންގްސަލްމާން މިސްކިތާ ހަމައަށް ބަންދު ކުރާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެމްޕެއިންގެ ފަހު ރެލީ ގައި ބައިވެރިވެވަޑައިގަންނަވަނީ -- ޔާމީން މުހައްމަދު | ދަ މިރާ

ރައްޔިތުންގެ މަަޖިލީހުގެ އިންތިހާބު ގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ބޮޑު އަޣުލަބިއްޔަތެއް ހޯދާ ސުޕަ މެޖޯރިޓީ ލިބުން ފާހަގަ ކުރުމަށް މިރޭ ބާއްވާ ހަރަކާތަށް ބޮޑުތަކުރުފާނު މަގުން ބައެއް ބަންދު ކުރަން ނިންމައިފި އެވެ.

ފުލުހުން ބުނީ މިރޭ އާޓިފިޝަލް ބީޗް ސަރަހައްދު ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކަށް އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެ ކަމަށެވެ. އެ ބަދަލު ފެންނަ ޗާޓެއް ވެސް ވަނީ އާންމުކޮށްފައެވެ.

ޗާޓުގައިވާ ގޮތުން މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބު ބަންދު ކުރާނެ އެވެ. އަދި ކިންގްސަލްމާން މިސްކިތާ ހަމައަށް ބަންދު ކުރާނެ އެވެ. ފުލުހުން ބުނީ މިރޭ 8:00 އިން ފެށިގެން ހަރަކާތް ނިމެންދެން އެ ސަރަހައްދު ބަންދު ކުރާނެ ކަަމަށެވެ.

މިރޭގެ އިވެންޓާއި ގުޅިގެން ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލު

މިރޭގެ އިވެންޓް ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެެރިވެވަޑައިގަންނަވާނެ އެވެ. ކޮންގްރެސް އަށް ލިބުނު ކާމިޔާބު ފާހަގަ ކުރަން މިރޭ ހަވާ އަރުވަން ވެސް ވަނީ ނިންމާފައެވެ. ފަސް މިނެޓަށް ހަވާ އަރުވާނެ އެވެ.

ކޮންގްރެސް ޕާޓީން ބުނީ މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ދިވެހި ރައްޔިތުންނަށް މަރުހަބާއާ ޝުކުރު ދެންނެވުމުގެ ހާއްސަ ބައްދަލުކުރެއްވުމެއް ކަމަށާ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

އިއްޔެގެ އިންތިހާބު ގައި ހައިރާން ކުރަނިވި ނަތީޖާ އަކުން ބޮޑު ތަނުން ކުރީގައި އޮތީ ކޮންގްރެސް އެވެ. މާލެ ސިޓީއާ އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއާ ތިނަދޫ ސިޓީއާ ކުޅުދުއްފުށި ސިޓީގެ އަގުލަބިއްޔަތު ވެސް ހޯދީ ކޮންގްރެސް އިންނެވެ.

ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއް ކޮންގްރެސް އަށެވެ. އައްޑޫގެ ވެސް ދެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއް ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބު ކުރިއިރު މާލެ ސިޓީން ވެސް ވަރަށް ތަނަވަސް އަޣުލަބިއްޔަރެއް ވަނީ ހޯދާފައެވެ. އަދި ވަރަށް ގިނަ ދާއިރާތަކެއް ގައި ކޮންގްރެސްގެ ކެންޑިޑޭޓުން ވަނީ ކުރި ހޯދާފައެވެ. މިއީ ވަރަށް ތާރީހީ / ބޮޑު ކާމިޔާބެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.