ރާއްޖެ ދެކެނީ އިންޑިއާއަކީ ތަަރައްގީގެ ބައިވެރިއެއްގެ ގޮތު: ޝަފީގް

ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު ވަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމް ކުރަން އެ ގައުމުން ކުރަމުން ގެންދާ މަސައްކަތް ފާހަގަ ކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުމަޖިލީހުގައި ވާހަކަ ދައްކަވަނީ -- މަޖިލިސް

ރާއްޖެ ދެކެނީ އަވަށްޓެރި އިންޑިއާއަކީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅު ވެއްޖެ އެވެ.

އެމެރިކާގެ ވޮޝިންޓަންގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކް ގްރޫޕްގެ ބައްދަލުވުމުގެ ހަވާސާގައި އިންޑިއާގެ ނޫހެއް ކަމަށްވާ ނިއުސް އިންޑިއާ ޓައިމްސް އަށް ދެއްވި ކުރު އިންޓަވިއުއެއްގައި ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު ވިދާޅުވީ ބޮޑެތި އިގްތިސޯދުތަކުގެ ތެރެއިން އިންޑިއާއަކީ އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ގައުމުކަމަށެވެ. 

އެ އިންޓަވިއުގައި މިނިސްޓަރު ޝަފީގު ވަނީ އިންފްރާސްޓްރަކްޗާ އާއި ހާއްސަކޮށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމް ކުރަން އިންޑިއާއިން ކުރަމުން ގެންދާ މަސައްކަތް ފާހަގަ ކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ ރާއްޖޭން ގަބޫލު ކުރާ ގޮތުގައި އިންޑިއާއަކީ ތާރީހީ ގޮތުން ރާއްޖެއާ ބޮޑު ގުޅުމެއް އޮތް، އަދި ވަރަށް މުހިއްމު ތަރައްގީގެ ބައިވެރިއެކެވެ.  

އިންޑިއާއަކީ މި ސަރަހައްދާއި ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސޯދެވެ. އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އިގްތިސޯދެވެ. ނަމަވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު މިފަހުން ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ދެ ގައުމުގެ މެދުގައި ނުތަނަވަސްކަމެއް އުފެދުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ގޮވާލައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ކެމްޕޭންތަކާއެކު އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ވާހަކަ ދައްކައިގެން އެކަން ހައްލުކޮށް ފިނި ކުރަން މަސައްކަތް ފަށާފަ އެވެ. އަދި ދެ ގައުމުން ވާހަކަ ދައްކައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މަހުގެ 10 ގެ ކުރިން ފައިބާ ނިންމަން މިހާރުވަނީ އެއްބަސްވެފަ އެވެ. އިންޑިއާ ސިފައިންގެ ބައެއް ގްރޫޕްތައް ވަނީ ފުރަން ފަށާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.