ރެޑްވޭވް ސަލީމާއި ދަރިކަލުން ނައުފަލަށް ބަރުލަމާނީ ރިކޯޑެއް

މިއީ މި ފަހުން ބަރުލަމާނީ ހަޔާތުގައި ބައްޕައާ ދަރިފުޅު އެއް މަޖިލީހެއްގައި ހިމެނި ފުރަތަމަ ފަހަރެވެ. މީގެ ކުރީން އެ ޝަރަފް އޮތީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އިބްރާހިމް ޝިހާބާއި ދަރިކަލުން މުހައްދު ޝިހާބަށެވެ.

ކުރިއަށް އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މަަޝްހޫރު ވިޔަފާރިވެެރިޔާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ސަލީމްގެ ދަރިކަލުން އިބްރާހިމް ނަައުފަލް އިންތިހާބުގެ ތާރީހުން ޖާގަ ހޯއްދަވަައި ބަރުލަމާނީ ހަޔާތުގެ ރިކޯޑެއް ހައްދަވައިފި އެވެ. 

މިއީ މި ފަހުން ބަރުލަމާނީ ހަޔާތުގައި ބައްޕައާ ދަރިފުޅު އެއް މަޖިލީހެއްގައި ހިމެނި ފުރަތަމަ ފަހަރެވެ. މީގެ ކުރީން އެ ޝަރަފް އޮތީ  މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އިބްރާހިމް ޝިހާބާއި ދަރިކަލުން މުހައްދު ޝިހާބަށެވެ. އެ  ދެ ބޭފުޅުން އެކުހައި ތިން އަހަރު 1985 އިން 1988 މަޖިލީހުގައި ހޭދަ ކުރެއްވި އެވެ. -- މީގެ ކުރީން ރާއްޔިތުންގެ ހާއްސަ މަޖިލީހުގައި ރާއްޖެ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތުންގެ ލިސްޓުން ޖާގަ ލިބިވަޑައިގަންނަވާ ކުރީގެ ވަޒީރު، އަބްދުﷲ ހަމީދު އެ މަޖިލީހުގެ ރައީސްގެ ގޮތުގަ އާއި ދަރިކަލުން ހަމްދޫން ހަމީދު ތިއްބެވި އެވެ. އަދި ހަމަ އެގޮތަށް އަހުމަދު ޒަކީ އާއި އިސްމާއީލް ޝަފީއުވެސް ތިއްބެވި އެވެ.  ހާއްސަ މަޖިލިހުގައި ޝަފީއު އާއި ހަމްދޫނު ތިއްބެވީ ވަޒީރުންނަށް އެ މަޖިލީހުން ފުރުސަތު ލިބި ވަޑައިގަންނަވާތ އެވެ. 

އިއްޔެ އޮތް ވިހިވަނަ މަޖިލީސް އިންތިހާބު ގައި އަހްމަދު ސަލީމްއާ ދަރިކަލުން އިބްރާހިމް ނައުފަލް ވަނީ ކާމިޔާބު ހޯއްދަވާ ބަރުލަމާނީ ރިކޯޑް ހައްދަވާފަ އެވެ.

ސަލީމް އިންތިހާބުވެވަޑައިގެންނެވީ މީގެ 15 އަހަރު ކުރީން ފެށިގެން މެންބަރު ކަން ކުރައްވަމުން ގެންދަވާ އޭދަފުށީ ދާއިރާއިންނެވެ. އެންމެ މަތީ ވޯޓެއް ހޯއްދަވާ 2009 ވަނަ އަހަރު އޭދަފުށީ މެންބަރު ކަމަށް ވަޑައިގެންނެވި ސަލީމް، މި ފަހަރު ހޮވިވަޑައިގަތީ ހަތަރުވަނަ ދައުރަށެވެ.

ސިޔާސީ މައިދާނަށް އަލަށް ނުކުންނެވި ނައުފަލް އިންތިހާބުވެވަޑަައިގެންފައި ވަނީ މުލަކު ދާއިރާ އިންނެވެ.

ސަލީމާއި މަޖިލީހުގެ ކުރީގެ ރައީސް ހަމީދަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. ދެ ބޭފުޅުންގެ ހިދުމަތް އެންމެ ފަހުން އޮތީ އެޓޯލްސް މިނިސްޓްރީ ގައެވެ. މިނިސްޓަރަކީ ހަމީދެވެ. ސަލީމަކީ އެ މިނިސްޓްރީގެ ވަރަށް އިސް މަގާމެއް ގައި ހުންނެވި ހަމީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.

މި ފަހަރުގެ އިންތިހާބުގައި ކާށިދޫ ދާާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި އޭނާގެ ދޮށީ ފިިރިހެން ދަރިކަލުން އަހްމަދު މުއާޒް އަބްދުﷲ ޖާބިރު ވެސް ވާދަ ކުރެއްވި އެވެ. އެ ދެބެފައިންނަށް ކާމިޔާބީއެއް ނުހޯއްދެވުނެވެ.

އިންތިހާބުގައި ދެ ބޭފުޅުންނަށް ވެސް ކުރިމަތިވީ ނާކާމިޔާބީ އެވެ. ޖާބިރު ވާދަ ކުރެއްވީ އޭނާ މިހާރު ވެސް މެންބަރުކަން ކުރައްވާ ކާށިދޫ ދާއިރާ އަށެވެ.

ކާށިދޫ ދާއިރާއަށް ޖުމްލަ ހަ ކެންޑިޑޭޓުން ވާދަކުރި އެވެ. ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޅ. ހިންނަވަރަށް ނިސްބަތްވާ މުންތަޒިމް އިބްރާހިމް އެވެ. މުންތަޒިމް ނިކުންނެވީ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓް ގައެވެ. އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ ބޭބެ އެވެ.

މުއާޒް ޖާބިރު ވާދަކުރެއްވީ އޭނާގެ މަންމަ ނިސްބަތްވާ މަހިބަދޫ ދާއިރާއަށެވެ. އެ ދާއިރާގެ ގޮނޑި އިތުރު ދައުރަކަށް ކަަށަވަރު ކުރެއްވީ މިހާރުގެ މެންބަރު އަހްމަދު ތޯރިގެވެ.

މީގެ އިތުރުން އިއްޔެ އޮތް ރައްޔިތުންްގެ މަަޖިލީހުގެ އިންތިހާބު ގައި ޑރ. އަނާރާ ނައީމް އާއި ފިރިކަލުން އާދަމް ޝަފީގް ކާމިޔާބު ހޯއްދަވާފައިވެ އެވެ.

މިއީ ކުރިއަށް އޮތް ވިހިވަަނަ މަޖިލީހުން ފެނިގެންދާނެ ހަމަ އެކަނި ދެމަފިރިކަނބަލުންނެވެ. އަނާރާ އިންތިހާބުވެވަޑައިގެންނެވީ ހުރާ ދާއިރާ އިންނެވެ. އެ ދާއިރާއަށް އަނާރާ ވާދަ ކުރެއްވީ އަމިއްލަ ގޮތުންނެވެ. އަނާރާ ފުރަތަމަ މަސައްކަތް ކުރެއްވީ ޕީއެންސީގެ ޓިކެޓް ހޯއްދެވުމަށެވެ. ޕްރައިމަރީ ގައި ވާދަ ވެސް ކުރެއްވި އެވެ.

ނަމަވެސް ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތީ އެވެ. ދެން ނިކުންނެވީ އަމިއްލަ ގޮތުންނެވެ. ސަރުކާރާއި ރައީސް މުއިއްޒު ނިންމެވީ އަނާރާ އަށް ތާއީދު ކުރެއްވުމަށެވެ. ހުރާ ދާއިރާ އަކީ ޕީއެންސީގެ ތާއީދު ވަރަށް ބޮޑު ދާއިރާ އެކެވެ.

އަނާރާގެ ފިރިކަލުން ވާދަކުރެއްވީ މަކުނުދޫ ދާއިރާ އަށެވެ. އާދަމް ޝަފީގުއާ ވާދަކުރެއްވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. ވަރަށް ވާދަވެރި އިންތިހާބު ގައި އާދަމް ވަނީ އިމްރާންގެ މައްޗަށް ކުރި ހޯއްދަވާފައެވެ.

ހިނގަމުން މިދާ މަޖިލީހުގައި ދެމަފިރިކަނބަލުންގެ ގޮތުގައި ތިއްބެވީ ރޮޒައިނާ އާދަމް އާއި މުހައްމަދު ނާޝިޒް އަދި ހިސާން ހުސައިން އާއި އިބްރާހިމް ނާޒިލް އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.