ޅަވިޔަނި ރައީސް ނައިފަރު ގޮނޑިއަށް

ޔާސީނާ ވަރަށް ގާތުން އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޔާސިރު ވާދަކުރި އެވެ.

ނައިފަރު ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވި ޔާސީން

ޅަވިޔަނި އަތޮޅު ކަައުންސިލްގެ ރައީސް ޔާސީން އަބްދުﷲ، ނައިފަރު ދާއިރާގެ މެންބަރު ކަމަށް އިންތިހާބު ވެއްޖެ އެވެ.

އިއްޔެ އޮތް އިންތިހާބު ގައި ނައިފަރު ދާއިރާގެ ގޮނޑިއަށް ހަތް ކެންޑިޑޭޓުން ވާދަކުރި އެވެ. 

ކޮންގްރެސްގެ ޓިކެޓްގައި ހައްސާން އަލިފުޅު ވާދަކުރިއިރު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރީ އަހްމަދު ޔާސިރެވެ. ޔާސިން އާއި ޔޫސުފް އަބްދުﷲ އާއި އަހްމަދު ޝާހް އާއި މުހައްމަދު ނަސީމް (ނަފާ ނަސީމް) އާއި އަބްދުﷲ ނާހީ ވާދަކުރީ އަމިއްލަ ގޮތުންނެވެ.

އެންމެ ގިނަ ވޯޓާ އެކު ގޮނޑި ކަށަވަރު ކުރެއްވީ ޔާސީން އެވެ. ޔާސީން، އަމިއްލަ ގޮތުން ކުރިމަތިލީ ނަމަވެސް އޭނާ އަކީ ޕީޕީއެމް މެންބަރެކެވެ. ޅަވިޔަނި ރައީސް ކަމަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓް ގައެވެ.

މިއީ އަމިއްލަ ގޮތުން ކެންޑިޑޭޓަކު ނިކުމެ ނައިފަރު ގޮނޑި ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ޔާސީނާ ވަރަށް ގާތުން އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޔާސިރު ވާދަކުރި އެވެ. ކޮންގްރެސްގެ ކެންޑިޑޭޓް ހައްސާން އަލިފުޅު ވެސް ވަރަށް ވާދަކުރި އެވެ.

ތަފާތު ކެމްޕެއިނެއް ހިންގި ޔޫސުފަށް ލިބުނީ ހަތަރުވަނަ އެވެ. އިގްތިސާދީ ޕްރަގްރާމްތައް ހުށައެޅުމުން ވަރަށް ފާހަގަކޮށްލެވުނު ނަފާ ނަސީމަށް ލިބުނީ 32 ވޯޓާ އެކު ލަދުވެތި ނަތީޖާ އެކެވެ.

ކޮމެންޓް

1
450
ދޮގޭ ތިހަދަނީ
3 months ago

އަމިއްލަ ގޮތުން ކުރިމަތިލާގެން އެންމެ ފުރަތަމަ ބުރުގައި ޝިޔާމުވެސް ގޮނޑި ހޯދީ. ޔާސިރު ދިޔައީ 2 ވަނައަށް، ބާސް ތިނަކަށް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.