އިމްރާނަށް މަޖިލީހާ ހަމައަށް ވަޑައެއް ނުގެންނެވުނު، އަދާލަތަށް ސުމެއް

އަދާލަތުގެ ތާރީހުގައި މިހާތަނަށް ކާމިޔާބު ކުރެވުނީ މަޖިލީހުގެ އެންމެ ގޮނޑި އެކެވެ. އެއީ މަކުނުދޫ ދާއިރާގެ ގޮނޑި އެވެ.

މަޖިލީސް ވިހީގައި ވާދަ ކުރެއްވި އަދާލަތުގެ ހަތަރު ކެންޑިޑޭޓުން

މަޖިލީސް ވިހީގައި ވާދަކުރެއްވި އަދާލަތު ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އަދާލަތު ޕާޓީގެ ޓިކެޓް ގައި މަޖިލީސް އިންތިހާބަށް ނެރުނީ އެންމެ ހަތަރު ކެންޑިޑޭޓުންނެވެ. އެއީ ވައިކަރަދޫ ދާއިރާ އަށް ހުސައިން ސަގީފް އާއި މަކުނުދޫ ދާއިރާ އަށް އިމްރާން އަބްދުﷲ އާއި އިނގުރައިދޫ ދާއިރާ އަށް އިސްމާއީލް އަލީ އާއި ފުނަދޫ ދާއިރާއަށް އިސްމާއީލް ހަމީދެވެ.

މި ކެންޑިޑޭޓުންގެ ތެރެއިން ފުނަދޫ ދާއިރާއަށް ވާދަކުރި އިސްމާއީލް ހަމީދު ވަނީ އެންމެ ފަހު ވަގުތު ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމާ އިންތިހާބުން ފަހަތަށް ޖެހޭކަން އިއުލާނު ކޮށްފަ އެވެ. 

އަނެއް ތިން ގޮނޑި ވެސް ކާމިޔާބު ކުރެވޭ ގޮތް ނުވި އެވެ. އިމްރާންގެ މައްޗަށް ކުރި ހޯދީ ޕީއެންސީގެ ކެންޑިޑޭޓް އާދަމް އެވެ. 

އަދާލަތުގެ ތާރީހުގައި މިހާތަނަށް ކާމިޔާބު ކުރެވުނީ މަޖިލީހުގެ އެންމެ ގޮނޑި އެކެވެ. އެއީ މަކުނުދޫ ދާއިރާގެ ގޮނޑި އެވެ.

2014 ވަނަ އަހަރު އޮތް 18 ވަނަ މަޖިލީހު ގައި އެ ގޮނޑި ކާމިޔާބު ކުރެއްވީ ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމެވެ. މަޖިލީސް އިންތިހާބު ގައި އަދާލަތު ގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރީން ވެސް ކުރީން ވާދަ ކުރައްވާފައިވެ އެވެ. ނަމަވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އޭގެ ތެރޭގައި އައްޝައިހް އިލްޔާސް ހުސައިން އާއި ޑރ. މުހައްމަދު އިޔާޒް ފަދަ ބޭފުޅުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.