އެންމެން ވީ ބަލި؛ ވިހިވަނަ މަޖިލީހުގައި ނަޝީދުގެ ޑިމޮކްރެޓްސްގެ ދައުރެއް ނޯންނާނެ

ދަ ޑިމޮކްރެޓްސްގެ ޓިކެޓް ގައި މަޖިލީސް އިންތިހާބަށް 41 ކެންޑިޑޭޓަކު ނެރުނެވެ. މާލެ ސިޓީގެ ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރުނެވެ.

ޑިމޮކްރެޓްސްގެ ފަރާތުން މާލެ ދާއިރާއަށް ކުރިމަތިލީ ކެންޑިޑޭޓުން -- ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

ދަ ޑިމޮކްރެޓްސްގެ ޓިކެޓް ގައި މަޖިލީސް އިންތިހާބަށް 41 ކެންޑިޑޭޓަކު ނެރުނެވެ. މާލެ ސިޓީގެ ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރުނެވެ. އޭގެ ތެރޭގައި އެ ޕާޓީގެ އިސް ސަފުގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އާއި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި އެ ޕާޓީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވަ އެވެ.

މި މެންބަރުން ހިމެނިވަޑައިގަންނަވާ ހެން ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަކުރެއްވި ހުރިހާ މެންބަރުން ވަނީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. އެ ޕާޓީން ޓިކެޓް ދިން ދެ ކެންޑިޑޭޓަކު ވަނީ އެންމެ ފަހު ވަގުތު އިންތިހާބުން ފަހަތަށް ޖެހި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.