ގާސިމާއި ސިޔާމް އަދި ސަލީމާއި ހަމައަކަށް ނާދެވުނު، އައު ދައުރެއް ޔަގީން

ސަލީމް ނިކުންނެވީ ޕީއެންސީގެ ޓިކެޓް ގައެވެ. ގާސިމް ނިކުންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގަައެވެ. ސިޔާމް ނިކުންނެވީ އެމްޑީއޭގެ ޓިކެޓް ގައެވެ.

އަހްމަދު ސިޔާމް މުހައްމަދު (ކ) އަހްމަދު ސަލީމް (މ) ގާސިމް އިބްރާހިމް (ވ)

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ހިނގަމުން މިދާ 19 ވަނަ މަޖިލީހުގައި ދ. މީދޫ ދާއިރާގެ މެންބަރުކަން ކުރައްވާ އަހްމަދު ސިޔާމް މުހައްމަދު އާއި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކާމިޔާބު ހޯއްދަވައިފި އެވެ.

މި ތިން މެންބަރުން ވެސް އާ މަޖިލީހަށް ވާދަކުރެއްވީ އެ މެންބަރުން މިހާރު ވެސް ފުރުއްވަމުން ގެންދަވާ ދާއިރާއަށެވެ. ގާސިމް އާއި ސިޔާމް އަދި ސަލީމް ވެސް އިންތިހާބު ކާމިޔާބު ކުރައްވާ އައު ދައުރެއް ކަށަވަރު ކުރައްވާފައެވެ.

ވިޔަފާރީގައި ވަރަށް ފާހަގަކޮށްލެވޭ މި ތިން ބޭފުޅުންނަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރުންނެވެ. ގާސިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. ސިޔާމަކީ އެމްޑީއޭގެ ރައީސެވެ. ސަލީމަކީ ޕީޕީއެމްގެ ޕީޖީ ލީޑަރެވެ.

އެ ތިން ބޭފުޅުން ވެސް އިންތިހާބަށް ނިކުންނެވީ ރައީސް މުއިއްޒުގެ ފުރިހަމަ ތާއީދާ އެކު އެވެ. ސަލީމް ނިކުންނެވީ ޕީއެންސީގެ ޓިކެޓް ގައެވެ. ގާސިމް ނިކުންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގަައެވެ. ސިޔާމް ނިކުންނެވީ އެމްޑީއޭގެ ޓިކެޓް ގައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.