އަލީ ވަހީދަށް ނާދެވުނު، ގޮނޑި ފަރުހަތަށް

އިންތިހާބު ގައި ފަރުހާދު ވަނީ އަލީ ވަހީދުގެ މައްޗަށް ކުރި ހޯއްދަވާ ކުޅުދުއްފުށީ ދެކުނު ގޮނޑި ކަށަވަރު ކުރައްވާފައެވެ.

ފަރުހަތު މުހައްމަދު (ކ) އަލީ ވަހީދު (ވ)

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދު (ފަރޭ) ކާމިޔާބު ކުރައްވައިފި އެވެ.

އެ ދާއިރާއަށް ތިން ކެންޑިޑޭޓުން ކުރިމަތިލި އެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދު (ފަރޭ) އާއި އެމްޑީޕީގެ ކެންޑިޑޭޓް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އަމިއްލަ ގޮތުން ވާދަކުރި އައިމަން މުހައްމަދެވެ.

އައިމަންއާ ފަރުހަތަކީ އެއްބަނޑު އެއްބަފާ ދެ މީހުންނެވެ. ޕީއެންސީގެ ޓިކެޓް ހޯދުމަށް ދެ މީހުން ވެސް ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރި އެވެ. އައިމަން ބަލިވީ ހަތް ވޯޓުންނެވެ. ނަމަވެސް އައިމަން ނިންމީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރާށެވެ. ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅުން އައިމަން އަށް ތާއީދު ވެސް ކުރި އެވެ. މިނިސްޓަރުން ވެސް އައިމަންގެ ކެމްޕެއިނަށް ވަޑައިގަތެވެ.

ނަމަވެސް ފަހުން އައިމަން ވަނީ އޭނާގެ ބޭބެއަށް ތާއީދު ކުރަން ނިންމާފައެވެ. 

އިންތިހާބު ގައި ފަރުހާދު ވަނީ އަލީ ވަހީދުގެ މައްޗަށް ކުރި ހޯއްދަވާ ކުޅުދުއްފުށީ ދެކުނު ގޮނޑި ކަށަވަރު ކުރައްވާފައެވެ. 

ކުރީން ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް ނެގި ބައެއް ބަޔާންތައް ލީކުވެ އަލީގެ ކެމްޕެއިނަށް ވަރަށް ބޮޑަށް ހިޔަނި އެޅުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.