ފަނަރަ އަހަރު ފަހުން އީވާއަށް ނާކާމިޔާބު، ގޮނޑި ކުޑޫއަށް

އީވާ ވަނީ މިއަދު އޮތް އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފައިވާ ކަން އިއުލާނު ކުރައްވާފައެވެ. ގޮނޑި ކާމިޔާބު ކުރެއްވީ މުުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ކުޑޫ އަކީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

އީވާ އަބްދުﷲ

އާ ދައުރަކަށް ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކަމިޔާބު ކުރައްވަން ނިކުންނެވި އީވާ އަަބްދުﷲއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފި އެވެ. 

މި ފަހަރުގެ އިންތިހާބު ގައި ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއަށް ހަތް ކެންޑިޑޭޓަކު ވާދަކުރި އެވެ. އެމްޑީޕީއާ ޑިމޮކްރެޓްސްއާ ޕީއެންސީއާ ރައީސްގެ ތާއީދު އޮތް ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ކެންޑިޑޭޓުން ވެސް ވާދަކުރި އެވެ.

އީވާ ވަނީ މިއަދު އޮތް އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފައިވާ ކަން އިއުލާނު ކުރައްވާފައެވެ. ގޮނޑި ކާމިޔާބު ކުރެއްވީ މުުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ކުޑޫ އަކީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

މީގެ އިތުރުން އެމްއާރްއެމްގެ ނާއިބު ރައީސް އައިމިނަތު ނާދިރާއާ ރައީސްގެ ތާއީދާ އެކު އައިމިނަތު މިއާދާ (އާނަ) ވެސް މި ދާއިރާއަށް ކުރިމަތި ލެއްވި އެވެ. ޕީއެންސީގެ ޓިކެޓް ލިބުނީ އާފްތާބަަށެވެ. ނަމަވެސް ކުއްލި ގޮތަކަށް ރައީސް ވަނީ އޭނާގެ ބަދަލުގައި ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓަކީ އާނަ ކަމަށް ނިންމާފައެވެ. އާނަ އަކީ ޕްރައިމަރީން ބަލިވި ކެންޑިޑޭޓެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.