ހިތަދޫ މެދު ދާއިރާގެ ގިނަ ވޯޓް ފޮށިތައް މިހާރު ވަނީ ގުނާ ނިމިފައެވެ. ހުރިހާ ފޮއްޓަކުން ކުރި ހޯދާފައި ވަނީ އަޒާނެވެ.
އައްޑޫ ހިތަދޫ މެދު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް / ކުރީގެ ނޫސްވެރިިޔާ އަހްމަދު އަޒާން މަރުޒޫގު ކަށަވަރު ކުރައްވައިފި އެވެ.
ހިތަދޫ މެދު ދާއިރާގެ ގިނަ ވޯޓް ފޮށިތައް މިހާރު ވަނީ ގުނާ ނިމިފައެވެ. ހުރިހާ ފޮއްޓަކުން ކުރި ހޯދާފައި ވަނީ އަޒާނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއި ގުޅޭ ހަބަރުތައް އާންމުންނަށް ގެނެސް ދިނުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މީޑިއާ އިން ވަރަށް ބޮޑަށް ފާހަގަ ކޮށްލެވުނު އަޒާން އަކީ އައްޑޫ ގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ޒުވާން ސިޔާސީ ސަހުސިއްޔަތެވެ.
ހިތަދޫ މެދު ދާއިރާގެ ގޮނޑި އަޒާން ކާމިޔާބު ކުރެއްވިއިރު މި ފަހަރު އިންތިހާބު ގައި އައްޑޫ އިން ފުރަތަމަ ފަހަރަށް އެމްޑީޕީއަށް މެޖޯރިޓީ ގެއްލޭނެ ކަމަށް ވަނީ ބެލެވިފައެވެ.