މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް އިންތިހާބަށްވާއިރު މިއީ މި ފަހުން ބޭއްވޭ އެންްމެ ސުލްހަވެރި އެއް އިންތިހާބެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަން ގައި މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެއީ ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި މީހަކާއި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި ދެ މީހެއް ކަމަށެވެ. މި ދެ މީހުން ހައްޔަރު ކުރީ ގދ. ފިޔޯރީންނެވެ.
ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރު ކުރީ މާލެއިންނެވެ.
އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ އިދާރާ އިން ވަނީ މަސްލަހަތު ގެއްލޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް އިންތިހާބަށްވާއިރު މިއީ މި ފަހުން ބޭއްވޭ އެންްމެ ސުލްހަވެރި އެއް އިންތިހާބެވެ.